އީދު 3 ދުވަހު ވިއްސާރަވާނެ - މޫސުމާބެހޭ ޤައުމީ އިދާރާ

ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވަމުން ދާތީވެ 2019 ޖޫން 3 ވަނަ ދުވަހުގެ ހަވީރުން ފެށިގެން ކުރިއަށް އޮތް 72 ގަޑިއިރުގެ ތެރޭގައި، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިން ލަފާކޮށްފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން އިން މިއަދު ބުނީ، މިމުއްދަތުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ ހުޅަނގު ދެކުނާއި ހުޅަނގުން، މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެކަމަށްވެސް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

މި ލަފާކުރުންތަކާއެކު ކުރިއަށް މިއޮތް ފިތުރު އީދު ދުވަސް ބެލެވެނީ ފެން އީދަކަށް ވެގެން ދާނެ ކަމަށެެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ