19ވަނަ ރައްޔިތުންގެމަޖިލީހުން 17 ދާއިމީ ކޮމިޓީއެއް އެކުލަވާލަން ނިންމައިފިއެވެ.
މިގޮތަށް ނިންމައިފައިވަނީ، މަޖިލިހުގެ ގަވާއިދު އިސްލާހު ކުރަން ހެދި ވަގުތީ ކޮމިޓީން މިއަދެވެ. މަޖިލިހުގެ ގަވައިދުގައި ކުރިން އޮންނަނީ 13 ކޮމިޓީއެކެވެ.
މަޖިލިހުގައި އަލަށް އުފައްދަން ނިންމީ ޖުޑިޝަރީ ކޮމިޓީގެ އިތުރުން ލާމަރުކަޒީ ކޮމިޓީ، އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ، ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީ އާއި ފޮރިން ރިލޭޝަންސް ކޮމިޓީ އެވެ.
މަޖިލިހުގެ ގަވާއިދު އިސްލާހު ކުރަން ހެދި ވަގުތީ ކޮމިޓީން ވަނީ ކޮމެޓީ ތަކުގައި ތިބޭނެ މެންބަރުންގެ އަދަދުވެސް ނިންމާފައެވެ. މިގޮތުން ކޮމެޓީގައި ތިބޭގޮތަށް ނިންމައިފައިވަނީ 11 މެންބަރުންނެވެ.
ގިނަ ކޮމިޓީތަކެއް އުފައްދަވަން މަޖިލިހުގެ ގަވާއިދު އިސްލާހު ކުރާ ކޮމެޓީއަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު، އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފެވެ.