ފޮރިން މިނިސްޓަރާއި އެޓާނީ ޖެނެރަލް ރައްޔިތުންގެ މަޖިލިހަށް ހާޒިރުކުރަން ޖާބިރު އެދިވަޑައިގެންފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ރައްޔިތުންގެ މަޖިލިހަށް ހާޒިރުކޮށްދޭން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެދިވަޑައިގެންފި އެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިކަމަށް އެދި ޖާބިރު ވަނީ ބުދަ ދުވަހު މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުއްވާފަ އެވެ. 

މި ސިޓީގައި ވާގޮތުން ފޮރިން މިނިސްޓަރާއި ސުވާލުކުރަން ހުށަހަޅާފައި ވަނީ ރާއްޖެ އާއި ގަތަރާއި ދެމެދު އޮތް ގުޅުމާއި ބެހޭ ގޮތުންނެވެ. އަދި އެޓާނީ ޖެނެރަލް ހާޒިރުކުރަން އެދިފައިވަނީ ކުންފުންޏަކަށް 78 މިލިއަން ރުފިޔާ ދޭން ޖެހުނު މައްސަލާގަ އެވެ. 

މީގެ އިތުރުން ޖާބިރުވަނީ ގެސްޓްހައުސްތައް ބިދޭސީ އިންވެސްޓަރުންގެ އަތްދަށަށްދާ ކަމަށް ބުނެ ގަރާރެއް ހުށަހަޅައިފައެވެ. އަދި މިހާރު ކުރަމުންދާ ވިއްސާރައިގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމަށް ކުއްލި މައްސަލައެއްވެސް ހުށަހަޅައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ރައްޔިތުމީހާ

    ޖާބިރު އަޅުގަނޑުގެހައްގެއްް ް
    ޕެންޝަން ފައިސާ ބޭނުން ކޮއްގެންހައްޖުވެވޭންއޮޮއްބިލައްވެސް ސިކުނޑިހަމަޖެހޭއިސްލާހެއްވައްދަބަލަ

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ