މަންމައަކު އޭނާގެ ދެ އަހަރުގެ ދަރި ކައިގެން ނިދާނެގޮތަށް ވޭޕް ބޯންދީފި

ފްލޮރިޑާގެ މަންމައަކު އޭނާގެ އުމުރުން 2 އަހަރުގެ ދަރި ރަނގަޅަށް ކައި އަދި ނިދާނެގޮތައް ގަދަކަމުން ވޭޕަކުން ޑްރަގް ބޯންދީފި ކަމަށް އެ ގައުމުގެ އިދާރާތަކުން ބުނެފިއެވެ.

އުމުރުން 22 އަހަރުގެ ކިއައްރާ ކްލަރީސް ހައްޔަރުކޮށްފައިވަނީ، އޭނާގެ ކުރީގެ ލޯބިވެރިޔ،ާ އެ ކުއްޖާގެ ބައްޕައަށް މިކަން ހާމަކުރުމުން މިދިޔަ އަންގާރަ ދުވަހުއެވެ.

އޭނާގެ ކުރީގެ ލޯބިވެރިޔާ ބުނެފައިވަނީ، އެ ކުއްޖާ ރަނގަޅަށް ކައި އަދި ނިންދެވުމަށް ވޭޕް ދޭ ކަމަށެވެ. އަދި ގަދަކަމުން ވޭޕް ބޯންދޭތަން އެތައް ފަހަރަކު ފެނިފައިވާ ކަމަށެވެ.

އަދި އެ ކުއްޖާގެ ހަށިގަނޑުގައި ޑްރަގް ހުރިކަން އެނގިދާނެތީ މެޑިކަލް އެޕޮއިންޓްމެންޓްތައް ވެސް ކެންސަލް ކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

މި ތުހުމަތުތަކާއެކު އެ ކުއްޖާގެ ބައްޕަ ފުލުހަށް މައްސަލަ ހުށައެޅުމުން އެ ކުއްޖާ ހޮސްޕިޓަލަށް ގެންގޮސް ޓެސްޓު ކުރިއިރު އެ ކުއްޖާގެ ހަށިގަނޑުގައި ޑްރަގް ހުރިކަމަށް ޕްޒިޓިވް ވެފައިވެއެވެ.

ކްލަރީސް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލާފައެވެ. ނަމަވެސް ޑިސެމްބަރު 15 ގައި ކޯޓަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.

މިލިޔުން ކިޔާލުމުން
122
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ