ޕްރެފެސަރު މުޙްސިން ފަޚްރީޒާދޭ މަހާބާދީ

އީރާނުގެ އެންމެ އިސް ނިއުކްލިޔާ ސައިންޓިސްޓު މަރާލިކަމުގެ ތުހުމަތު އިސްރާއިލަށް

އީރާނުގެ އެންމެ އިސް ނިއުކްލިޔާ ސައިންޓިސްޓު ޕްރެފެސަރު މުޙްސިން ފަޚްރީޒާދޭ މަހާބާދީ މަރާލިކަމުގެ ތުހުމަތު އިސްރާއިލަށް އީރާނުން ކޮށްފިއެވެ.

އީރާނުގެ ރައީސް ހަސަން ރޫހާނީވަނީ ޕްރެފެސަރު މަހާބާދީ މިދިޔަ ހުކުރު ދުވަހު މަރާލައިފައިވަނީ އިސްރާއިލުގެ މެސެނަރީޒުން ކަމަށް ތުހުމަތު ކޮށްފައެވެ. އަދި މި މަރުގެ ބަދަލު ހިފާނެ ކަމުގެ އިންޒާރުވެސް އީރާނުގެ ރައީސްވަނީ ދެއްވައިފައެވެ.

ޕްރެފެސަރު މަހާބާދީ އިއްޔެ މަރާލައިފައިވަނީ އޭނާ އަބްސަރްދު ސަރަހައްދުގައި ދަތުރުކުރައްވަމުން ދަނިކޮށް ކާރުކޮޅަށް އަމާޒުކޮށް ބަޔަކު ބޮމުގެ ޙަމަލާއެއް ދިނުމަށްފަހު ބަޑިންވެސް ހަމަލާތަކެއް ދީގެންނެވެ. އަބްސަރްދުއަކީ އީރާނުގެ ވެރިރަށް ތެހެރާނުގެ އިރުމަތީގައި އޮއްނަ ސަރަހައްދެކެވެ. އީރާނުން ތުހުމަތު ކުރަނީ މި ހަމަލާ ދީފައިވަނީ އީރާނުގައި ހަރަކާތްތެރިވާ އިސްރާއިލުގެ ސިއްރު އެޖެންޓުންތަކެއް ކަމަށެވެ.

އީރާނުގެ ސަރުކާރުން މިއަދު ސަލާމަތީ މަޖިލީހަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ޕްރެފެސަރު މަހާބާދީ އަވަހާރަކޮށްލުމަށް ދިން ޙަމަލާ ރާވާފައިވަނީ އިސްރާއީލުން ކަމަށާ އެ ޙަމަލާ ތަންފީޒުކުރީ އީރާނުގައި ހަރަކާތްތެރިވާ އިސްރާއީލުގެ އެޖެންޓުންގެ ބަޔަކުކަން މިހާތަނަށް ކޮށްފައިވާ ތަހުގީގުތަކުން ހާމަވާކަމުގައެވެ. މިހެންކަމުން އީރާނުން މި ހަމަލާގެ ބަދަލު ހިފަން ނިންމައިފައިވާކަންވެސް މި ސިޓީގައި ބުނެފައި ވެއެވެ.

ޕްރެފެސަރު މަހާބާދީ އަކީ އީރާނުގެ އެންމެ އިސް ނިއުކުލިޔާ އެއް ސައިންޓިސްޓެވެ. ޕްރެފެސަރު މަހާބާދީވަނީ އީރާނުގެ ޑިފެންސް މިނިސްޓުރީގެ ރިސާރޗް އެންޑް އިނޮވޭޝަން އޮގަނައިޒޭޝަންގެ އެންމެ އިސްވެރިޔާގެ މަގާމުވެސް އަދާކޮށްފައެވެ. ޕްރެފެސަރު މަހާބާދީ މަރާލުމަށް އިއްޔެ ދިން ހަމަލާއާއި ގުޅިގެން އިސްރާއިލުން އަދި ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ