ނިދާ ވަގުތު ކައިރިކޮށް ނުވަތަ ދަންވަރު ކެއުން ރަނގަޅެއް ނޫން!

ނިދާ ވަގުތު ކައިރިކޮށް ކެއުމަކީ އެކަމުގެ ސަބަބުން ހަށިގަނޑަށް އެތައް ގެއްލުމެއް ލިބޭ ކަމެކެވެ. އެހެން ނަމަވެސް މިއީ ވަރަށް ގިނަ މީހުންނަށް ނުހުއްޓިފައިވާ ނޭދެވޭ އާދައެކެވެ.

ދަންވަރު ނުވަތަ ނިދާ ވަގުތު ކައިރިކޮށް ކުޅި ގަދަ އެއްޗެހި ނުވަތަ ފޮނި އެއްޗެހި ކާނަމަ ލިބޭ ގެއްލުން ވަކިން ބޮޑެވެ. މި ކަމުގެ ސަބަބުން ސިއްޙީ ބޮޑެތި ގެއްލުންތަކާ ކުރިމަތި ލާން ޖެހޭ ފަހަރުވެސް މަދެއް ނޫނެވެ.

ނިދާ ވަގުތު ކައިރިކޮށް ކުޅި އެއްޗެހި ކެއުމުން ލިބޭ ގެއްލުން:

މާ ގިނައިން މިރުސް އަޅައިގެން ނުވަތަ އަސޭމިރުސް އަޅައިގެން ތައްޔާރުކޮށްފައި ހުންނަ ކާނާ ކާނަމަ މޭ އެންދުން ނުވަތަ މެއިން ދިލަ ނެގުން ފަދަ ކަންކަން އެބަ ކުރިމަތިވެއެވެ. އޭގެ އިތުރުން ބަނޑަށް އުނދަގޫވެ ބަނޑުގައި ރިއްސުން ވެސް މިއީ ބައެއް މީހުންނަށް ކުރިމަތި ވާކަން ކަމެކެވެ.

ނިދާ ވަގުތު ކައިރިކޮށް ފޮނި އެއްޗެހި ކެއުމުން ލިބޭ ގެއްލުން:

ފޮނި އެއްޗެހި ކެއުން މަދު ކުރުމަކީ އުނދަގޫ ކަމަކަށް ވެދާނެއެވެ. އެހެން ނަމަވެސް ނިދާ ވަގުތު ކައިރިކޮށް ފޮނި އެއްޗެހި ކެއުމުން ލިބޭ ގެއްލުން އިނގޭނަމަ މި އެއްޗިސާ ކައިރިއެއް ނުވާނެކަން ޔަޤީނެވެ. ހަކުރުގެ ބާވަތް ގިނަ އެއްޗެހި ކާނަމަ ހަކުރުގެ ލެވެލް މައްޗަށް ގޮސް އެކި ކަހަލަ ބަލިތަށް ޖެހުމުގެ ފުރުސަތު އެބަ ފަހިވެއެވެ. އޭގެތެރޭގައި ކިޑްނީ, ލިވަރ, އަދި ހިތުގެ މައްސަލަތަކުގެ އިތުރުން މީހާ މާ ބޮޑަށް ފަލަވެ ޑިޕްރެޝަން ގެ އުނދަގުލާވެސް ކުރިމަތި ލާން އެބަ ޖެހެއެވެ.

ގިނަ މީހުންނަކީ ނިދާ ވަގުތު ކައިރިވުމުން އައިސްކްރީމް ނުވަތަ ޗޮކްލެޓް ފަދަ ފޮނި އެއްޗެހި ކާބައެކެވެ. ނުވަތަ ޕިއްޒާ ކަހަލަ ކުޅި ގަދަ އެއްޗެހި ކާބައެކެވެ. މިއީ އެއް ގޮތަކަށްވެސް ރަނގަޅު އާދައެއް ނޫނެވެ.

ހަށިގަނޑަށް ލިބޭ ގެއްލުން ތަކުގެ މައްޗަށް ބަލާ ދިރާސާ ކުރާ ޑޮކްޓަރުންގެ ޓީމްތަކުން ބުނަނީ ނިދާ ވަގުތު ނުވަތަ ދަންވަރުގެ ވަގުތު އަމިއްލަ ސިއްޙަތަށް ވިސްނާ މިފަދަ ކެއުން ތަކުން ދުރުވާންޖެހޭ ކަމަށެވެ. ކެއުމަކުން މައްސަލައެއް ނެތެވެ. އެހެން ނަމަވެސް މައްސަލައަކީ ނިދާ ވަގުތު ނުވަތަ ދަންވަރު މިބާވަތުގެ އެއްޗެހި ކެއުމެވެ. ތިމާގެ އަމިއްލަ ރައްކަލައްޓަކާ މި ކަން ކަމާ ދުރުވެލާށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ