ސަރޯޖު ހާންގެ ދިރިއުޅުމަށް ފިލްމެއް ހަދަނީ؟

ބޮލީވުޑްގެ މަޝްހޫރު ކޮރިއޮގްރަފާ ސަރޯޖް ހާންގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް ފިލްމެއް ތައްޔާރުކުރަން ވިސްނާކަމުގެ އިޝާރާތެއް މަޝްހޫރު ކޮރިއޮގްރަފާ ރެމޯ ޑިސޯޒާ ދީފިއެވެ.

އެގޮތުން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ރެމޯ ބުނީ، ސަރޯޖުގެ ދިރިއުޅުމުގެ މައްޗަށް ފިލްމެއް ތައްޔާރުކުރުމަކީ ސަރޯޖުގެ އެދުމެއް ކަމަށެވެ. ސަރޯޖު ދުނިޔޭގައި ހުރިއިރު ރެމޯއާއި ދިމާވެފައި ސަރޯޖުގެ ދިރިއުޅުމުގެ މައްޗަށް ފިލްމެއް ކުޅޭނަމަ އެކަން ކުރެވޭނީ ރެމޯއަށް ކަމަށްވެސް ބުނި ކަމަށެވެ.

ރެމޯ ބުނީ ނެށުމުގެ ދާއިރާގައި އޭނާ ކުރި ބުރަމަސައްކަތް އެންމެ ކައިރިން ފެންނާނެ އެކަކީ ސަރޯޖް ކަމަށެވެ. ރެމޯ ވަނީ ފިލްމު "ކަލަންކް" ގައި ސަރޯޖް އާއިއެކު މަސައްކަތް ކޮށްފައެވެ.

ރެމޯ ސަރޯޖުގެ ދިރިއުޅުމަށް ފިލްމެއް ކުޅެން އުޅޭކަމުގެ އިޝާރާތެއް ދިން ނަމަވެސް، އެ މަސައްކަތް ފަށާނެ ތާރީހެއް އަދި ފިލްމުގެ ކާސްޓާއި ބެހޭގޮތުންވެސް އެއްވެސް އިތުރު މައުލޫމާތެއް ދީފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ