އިސް ވެރިންނަށް މަރުޙަބާ ދެންނެވުމަށް މަދަރުސާތަކުގެ ދަރިވަރުން، ނެރެން ސަރުކާރުގެ އެއްވެސް ވުޒާރާއަކުން އަންގައިފައެއް ނުވާނެކަމަށް ރައީސްގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެ އެވެ.
ރަސްމީ ހަރަކާތްތަކަށް ރަށްރަށަށްދާ ސަރުކާރުގެ އިސްވެރިންނަށް މަރުހަބާ ދެންނެވުމަށް ސުކޫލުތަކުގެ ދަރިވެރުން ނެރޭކަމަށްބުނެ ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައި ހޫދު ވިދާޅުވީ ދައުލަތުގެ އިސް ވެރިން ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި މަރުޙަބާ ދެންނެވުމަށް، ރަށްރަށުގެ ސްކޫލް މަދަރުސާތަކުގެ ދަރިވަރުން، ނެރެގެން އެއްވެސް ޙަރަކާތެއް ހިންގުމަކީ، ސަރުކާރުން ތަރުޙީބުދޭ ކަމެއް ނޫންކަމަށެވެ.
ހއ. ހޯރަފުށީގައި ތަރައްގީކުރި އެއާޕޯޓު ރަސްމީކޮށް ހުޅުވައިދެއްވުމަށްޓަކައި ރައީސް އެރަށަށް ކުރެއްވި ދަތުރުފުޅުގައި ވެސް އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ސްކޫލު ކުދިން ނެރެފައިވާކަން ފާހަގަކޮށްލެވެއެވެ.




