ޕުއަޓަރީކޯގައި ހުއްނަ ބޮޑު ޓެލެސްކޯޕް ހަލާކުވެ ބިމާހަމަވެއްޖެ

ޕުއަޓަރީކޯގައި ހުއްނަ ގިނަ ބަޔެއްގެ މަގުބޫލުކަން ލިބިފައިވާ ބޮޑު ޓެލެސްކޯޕް ހަލާކުވެ ބިމާހަމަވެއްޖެއެވެ.

އެމެރިކާގެ ނޭޝަނަލް ސައިންސް ފައުންޑޭޝަން (އެންއެސްއެފް) އިން ބުނީ ޕުއަޓަރީކޯގައި ހުއްނަ ޓެލެސްކޯޕުގެ 900 ޓަނުގެ އިންސްޓްރުމެންޓް ޕުލެޓްފޯމް 450 ފޫޓުގެ ތަށި މައްޗަށް ވެއްޓި ހަލާކުވެފައިވާ ކަމަށެވެ.

މި ޓެލެސްކޯޕު ހަލާކުވެފައި މިވަނީ، ޓެލެސްކޯޕުގެ ސަޕޯޓް ސިސްޓަމްގެ ބަޔެއް ހަލާކުވެ ރައްކާތެރިކަމުގެ ބިރަށް ޓެލެސްކޯޕް ރޫޅާލާނެކަން އޮފިޝަލުން ހާމަކުރިތާ މަދު ހަފްތާތަކެއްގެ ތެރޭގައެވެ. މި ޓެލެސްކޯޕަކީ މުޅި ދުނިޔޭގައިވެސް ހުއްނަ މިފަދަ ޓެލެސްކޯޕުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ޓެލެސްކޯޕެވެ.

އެންއެސްއެފް އިން ބުނީ ޓެލެސްކޯޕު ހަލާކުވެފައިވަނީ ޕުއަޓަރީކޯ ގަޑިން އަންގާރަ ދުވަހުގެ07:55 ހާއިރު ކަމަށާއި މިހާދިސާއާއި ގުޅިގެން އެއްވެސް މީހަކަށް ގެއްލުން ލިބިފައި ނުވާކަމަށެވެ. ހަލާކުވި ޓެލެސްކޯޕުގެ ބޭނުން ރޭޑިއޯ އެސްޓްރޯނޮމާރސް އިން 57 އަހަރު ދުވަހަށް ބޭނުން ކޮށްފައި ވެއެވެ. އަދި މައްޝާރު ގިނަ ފިލްމުތަކަކުން ޓެލެސްކޯޕް ބެކްޑުރޮޕްގެ ގޮތުގައި ބޭނުން ކޮށްގން ފިލްމުތައް ކުޅެފައިވެއެވެ. މީގެތެރޭގައި ޖޭމްސް ބޮންޑުގެ ފިލްމް ގޯލްޑެން އައި ފާހަގަ ކޮށްލެވެއެވެ.

މި ޓެލެސްކޯޕު ހަދައިފައިވަނީ 1960 ގެ ކުރީކޮޅު ދުނިޔޭ އެޓްމޮސްފިއައިގެ ތެރޭގައި ހިމެނޭ އައިނޮސްފިއާ އާއި ބެހޭ ހޯދުންތައް ހޯދުމަށް ޓަކައެވެ. ނަމަވެސް ފަހުން މި ޓެލެސްކޯޕް ބޭނުން ކޮށްފައިވަނީ ރޭޑިއޯ އޮބްސަވޭޓޮރީއެއްގެ ގޮތުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ