ކަންގަނާގެ ޓްވިޓާ އެކައުންޓް ސަސްޕެންޑް ކޮށްދިނުމަށް އެދި ކޯޓަށް

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަންގަނާ ރަނޯއަތުގެ އޮފިޝަލް ޓްވީޓާ އެކައުންޓް ސަސްޕެންޑް ކޮށްދިނުމަށް އެދި ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

އިއްޔެ ބޮމްބޭ ހައިކޯޓަށް ކަންގަނާގެ އޮފިޝަލް ޓްވިޓާ އެކައުންޓް ސަސްޕެންޑް ކޮށްދިނުމަށް އެދި ހުށަހެޅި ޕެޓިޝަންގައި ބުނެފައިވަނީ، ކަންގަނާ ކުރާ ޓްވީޓްތަކުގެ ސަބަބުން ނަފްރަތާއި ރުޅިވެރިކަން އުފެދެމުންދާ ކަމަށެވެ.

މީގެ އިތުރުން އެ ޕެޓިޝަންގައި ވަނީ ކަންގަނާ އިންޑިއާގެ އެއްވެސް ގަވައިދަކަށް އިހްތިރާމް ނުކުރާ ކަމަށާއި، ކަންގަނާ މަސައްކަތް ކުރަމުން ދަނީ ގައުމު ބައިބައި ކުރަން ކަމަށެވެ.

އެގޮތުން، އެ ކަންގަނާ އާއި ދެކޮޅަށް ކޯޓަށް ހުށަހެޅި މައްސަލައަށް ރައްދުދެމުން ކަންގަނާ ބުނީ، އޭނާ އަށް ހިޔާލު ފާޅުކުރެވޭނެ ހަމައެކަނި ޕްލެޓްފޯމަކީ ޓްވިޓާ ނޫން ކަމަށެވެ. ކަންގަނާ ވަނީ އޭނާ އޭނާގެ އަނގަ ބަންދުކުރަން ބޭނުންވާނަމަ ޖެހޭނީ އޭނާ މަރައިލާން ކަމަށްވެސް ބުނެފައެވެ. އަދި، އޭނާ މަރައިލިނަމަވެސް، ރައްޔިތުން އޭނާގެ އަޑު އިވައްދޭނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ