ސިރަޕް ޗެލެންޖް ކަޕް ގައި އިއްޔެ ހަވީރު ކުޅުނުމެޗު ކާމިޔާބުކޮށް ފްލައިން ލިޒަޑް ގުރޫޕްގެ އެއްވަނަ އަށް އަރައިފިއެވެ.
މިމުބާރާތުގައި އިއްޔެ ހަވީރު 5 މެޗު ކުޅެފައިވާއިރު ހަތަރުމެޗުވަނީ އެއްވަރުވެފައެވެ. އަދި އަނެއްމެޗު ފްލައިން ލިޒަޑް ވަނީ ކާމިޔާބުކޮއްފައެވެ. ހަނިގޮތަކަށް މިމެޗު ކާމިޔާބުކުރީ 1 - 0 ނެވެ. މި ލަނޑު ފްލައިން ލިޒަޑް އަށް ކާމިޔާބުކޮށްދިނީ އަބްދުލް ހަލީމް އެވެ. މިމޮޅާއެކު ފްލައިން ލިޒަޑް ވަނީ 5 ޕޮއިންޓާއެކު ގުރޫޕުއޭ ގެ އެއްވަނައަސް އަރައިފައެވެ. ގުރޫޕް ބީ ގެ އެއްވަނައިގައި އޮތީ 5 ޕޮއިންޓާއެކު އޭ.ޑަބްލިއު.އެމް އެވެ.
ޕޮއިންޓް ޓޭބަލަށް ބަލާލާއިރު ޖޭޓީ ގޯޅިގަނޑާއި ފިއުރިއަސް އަށް 3 ޕްއިންޓް ލިބިފައިވާއިރު ބާކީތިބި 6 ޓީމް އަށް ލިބިފައިވަނީ 2 ޕްއިންޓެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހުމެޗުތަށް މިއަދު ހަވީރާއި ރޭގަނޑު ކުޅެވިގެންދާނެއެވެ. ގިނަޓީމް ތަކެށް ޕޮއިންޓްގެ ގޮތުންނާއި އެހެންގޮތް ގޮތުންވެސް އެއްވަރު ވެއްޖެނަމަ ސެމީފައިނަލަށްދާނެބައެށް ކަނޑައަޅާނީ ފެއާޕްލޭޓީމަށް ބަލައިގެންނެވެ.



