ރޮކެޓާއި ޖައްވީ އުޅަނދު އުފައްދާ މަޝްހޫރު ކުންފުނި "ސްޕޭސްއެކްސް"ގެ ވެރިފަރާތް އެލަން މަސްކާއި، ހޮލީވުޑްގެ މަޝްހޫރު އެކްޓަރު "ޓޮމް ކްރޫސް" އަދި ނާސާ ގުޅިގެން ޖައްވުގައި ފިލްމެއް އުފައްދަން ނިއްމައިިފައިވާކަން މިއަހަރުގެ މެއި މަހުގައި ވަނީ އިއުލާންކޮށްފައެވެ.
ނަމަވެސް މިއީ ކޮން ފިލްމެއްގެ މަސައްކަތެއްކަން ހާމަކޮށްފައިނުވީނަމަވެސް، މިހާރު ޝޫޓިން ފަށާފައިވާ ޓޮމް ކްރޫޒްގެ މިޝަން އިމްޕޮސިބަލް ސިލްސިލާގެ ކުރިއަށް ނިކުންނަން އޮތް ފިލްމްގެ މަންޒަރެއް ޖައްވިގައި ނެގޭނެ ގޮތެއްވޭތޯ ބަލަމުން އަންނަކަމަށް ޙަބަރުތަކުގައި ރިޕޯޓުކޮށްފައިވެއެވެ. އެގޮތުން ޖައްވުގައި ފިލްމްގެ މަންޒަރެއް ނަގާ ހޮލީވުޑްގެ ފުރަތަމަ އެކްޓަރުގެ ލަޤަބު ޓޮމް ކްރޫސްއަށް ލިބޭއިރު، މި މަސައްކަތް ފެށުމަށް އޭނާ ހުރީ ވަރަށް ބޭނުންވެފައެވެ.
ޖައްވުގައި އެކްޝަން ފިލްމެއްގެ މަންޒަރުތައް ނެގުމަށް ތައްޔާރުވަމުން އަންނަކަން ނާސާ އިން ވެސް މީގެކުރިން ވަނީ ޔަޤީންކޮށްދީފައެވެ. މިއީ ޓޮމް ކްރޫސް، އަދި ނާސާއާއި އެލަން މަސްކްގެ "ސްޕޭސް އެކްސް" އާއިއެކު ޕާރޓްނާޝިޕް ހަދައިގެން އުފައްދާ އެކްޝަން ފިލްމެއްކަމަށް މީގެ ކުރިން ވަނީ ރިޕޯޓުކޮށްފައެވެ،
"މިޝަން އިމްޕޮސިބަލް"ގެ އެންމެ ފަހު ފިލްމް ސިނަމާތަކުގައި އަޅުވަން އެންމެ ފުރަތަމަ ހަމަޖެހުނީ 2021 ވަނަ އަހަރުގެ ޖުލައިގައެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން މި ފިލްމްގެ ޝޫޓިންތައް ވަނީ އޭރު ހުއްޓުމަކަށް އައުމާއި ގުޅިގެން ފިލްމް ރިލީޒްވާ ތާރީޙް ލަސްވެގެންދާނެއެވެ.




