ބަތަލާ ކްރިތީ ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކްރިތީ ސެނަން ނުރައްކާތެރި ކޮވިޑް 19 ވައިރަހަށް ޕޮޒިޓިވްވެއްޖެއެވެ.

ޕިންކްވިލާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ކްރިތީ ކޮވިޑަށް ޕޮޒިޓިވްވީ، މަޝްހޫރު ބަތަލް ރާޖު ކުމާރު ރާއޯ އާއިއެކު އިންޑިއާގެ ޗަންދީގަރުގައި އެދެމީހުންގެ ކުރިއަށް އޮތް ފިލްމުގެ ޝޫޓިންތައް ކުރިއަށް ގެންދަނިކޮށެވެ.

ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު ކްރިތީ ވަނީ ޗަންދީގަރުގައި ނަގައި މަންޒަރުތަކުގެ ޝޫޓިންތައް ނިންމާލުމަށް ފަހު އެނބުރި މުމްބާއީ އަށް އައިސްފައެވެ. އެހެންނަމަވެސް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ކްރިތީ އެނބުރި މުމްބާއީ އަށް ދިޔައީ ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

ކްރިތީ ކޮވިޑްށް ޕޮޒިޓިވްވެފައިވާއިރު މީގެ ދެތިން ދުވަސްކުރިން މަޝްހޫރު ބަތަލް ވަރުން ދަވަން ވެސް ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ވަރުން ވަނީ އޭނާ ބައްޔަށް ޕޮޒިޓިވްވީ ރައްކާތެރިކަމަށް ސަމާލުކަން ދޭން ޖެހޭ މިންވަރަށް ސަމާލުކަން ނުދެވުމުން ކަމަށްވެސް ބުނެފައެވެ. ވަރުން ގެ އިތުރުން ރަންބީރު ކަޕޫރުގެ މަންމަ އަދި ކުރީގެ ބަތަލާ ނީތޫ ކަޕޫރުވެސް ވަނީ ދާދިފަހުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ