'ޔޭ ރިޝްތާ ކިޔާ ކެހެލާތޭހޭ' އިން މަޝްހޫރުވި ދިވްޔާ މަރުވެއްޖެ

ޓީވީ އިންޑަސްޓްރީގެ މަޝްހޫރު ބަތަލާ ދިވްޔާ ބަޓްނާގަރް ނުރައްކާތެރި ކޮވިޑް 19 ވައިރަސް ޖެހިގެން ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.

ސްޓާޕްލަސް އިން ގެނެސްދޭ އެންމެ ގިނަ ދުވަސްވީ ޑްރާމާ ސީރީޒް ކަމަށްވާ "ޔޭ ރިޝްތާ ކިޔާ ކެހެލާތޭހޭ" އިން އާއްމުންގެ ތެރޭގައި މަޝްހޫރު ދިވްޔާ މަރުވީ ކޮވިޑް ޖެހިގެން ހާލު ވަރަށް ސީރިއަސް ވެގެން ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށެވެ.

ދިވްޔާގެ ކުއްލި ވަކިވުމާއި ގުޅިގެން ޓީވީ އިންޑަސްޓްރީގެ ގިނަ ފަންނާނުންނާއި ދިވްޔާގެ ސަޕޯޓަރުންވެސް ދަނީ ހިތާމަ ފާޅުކުރަމުންނެވެ. އެގޮތުން ދިވްޔާ މަރުވުމުން، "ޔޭ ރިޝްތާ ކިޔާ ކެހެލާތޭހޭ" ގެ ލީޑްރޯލުން ކުރިން ފެނިގެން ދިޔަ މަޝްހޫރު ބަތަލާ ހީނާ ހާން ވެސް ވަނީ ތައުޒިޔާ ކިޔައިފައެވެ.

މިލިޔުން ކިޔާލުމުން
1111
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ