ބޮޑު ބަޖެޓަކުން ހަދާ ވަރުގަދަ ސައިންސް ފިކްޝަން ފިލްމަކުން ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު އެއް ބަތަލު ކަމަށްވާ އަކްޝޭ ކުމާރު ފެންނަން އުޅޭ ކަމުގެ ހަބަރުތައް ފެތުރިއްޖެއެވެ.
އެގޮތުން، އިންޑިއާގެ ބައެއް މުނިފޫހިފިލުވާ ހަބަރުތައް ގެނެސްދޭ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، އަކްޝޭ ޑަބަލް ރޯލުން ފެނިގެންދާ އެ ސައިންސް ފިކްޝަން ފިލްމަށް އަދި ނަމެއް ނުދެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި، އެ ފިލްމަކީ އަކްޝޭގެ އަމިއްލަ ފިލްމު ކުންފުނި ކޭޕް އޮފް ގުޑް ފިލްމްސް އިން ޕްރޮޑިއުސްކުރާނެ ފިލްމެކެވެ.
އެ ފިލްމުގެ ޝޫޓިންތައް ފެށުމަށް އަދި ތާވަލް ކޮށްފައިވަނީ އަންނަ އަހަރުގެ ފަހުކޮޅުގައެވެ. މީގެއިތުރުން އެ އެ ފިލްމު ސިނަމާތަކަށް ގެންނާނީ 2022 ގައި ކަމަށް ވަނީ މީޑިއާ ރިޕޯޓްތަކުން ބުނެފައެވެ.
ސެޕްޓެމްބަރުގައި "ބެލް ބޮޓަމް" ނިންމާލައި އަކްޝޭ މި ވަގުތު އަންނަނީ "އަތުރަންގީ ރޭ" އާއި "ޕްރިތުވީރާޖް" ގެ މަސައްކަތް ކުރަމުންނެވެ.




