އެންޖެލީނާ ޖޯލީ އާއި ވައްތަރުވާ އުޅުނު އަންހެންމީހާ 10 އަހަރަށް ޖަލަށް ލައިފި!

ކޮސްމެޓިކް ސާޖަރީ ހަދައިގެން އަމިއްލަ ސިފަ، ހޮލީވުޑްގެ މަޝްހޫރު ތަރި "އެންޖެލީނާ ޖޯލީ" ގެ ސިފައަށް ބަދަލުކޮށްގެން އިންސްޓަގްރަމްގައި ފޮޓޯ ހިއްސާކުރި މައްސަލަތަކެއްގައި ހައްޔަރު އީރާނަށް ނިސްބަތްވާ އަންހެންމީހާ 10 އަހަރަށް ޖަލަށް ލުމަށް ޙުކުމްކޮށްފިއެވެ.

އިންސްޓްގަރާމްގައި "ސަޙާ ތަބާ" ގެ ނަމުން މަޝްހޫރު މި އަންހެންމީހާގެ އަސްލު ނަމަކީ ފާތިމާ ހިޝްވަންދް އެވެ.

އީރާނުން މި އަންހެންމީހާ ހައްޔަރުކޮށްފައިވަނީ، އެމީހުންގެ ސަގާފަތަށާއި ދީނަށް ގެއްލުން ލިބޭ އަދި ބުރޫއަރާ ކަންތައްތަކާއި، އަދި ޒުވާނުން ކޮރަޕްޝަނަށް މަގުފަހިކޮށްދޭ ކަންތައްތައް ކުރަމުންދާތީވެ އެކަމުގެ ތުހުމަތުގައެވެ.

މި އަންހެންމީހާ އާއްމުންނަށް އެނގިފައިވަނީ، އޭނަގެ އަމިއްލަ ސިފަ ސާޖަރީހަދައިގެން ވަރަށް ބޮޑަށް ބަދަލުކޮށް މީސްމީޑީއާގައި ހިއްސާކުރި ފޮޓޯތަކާއި ގުޅިގެންނެވެ. ވަރަށް ބޮޑަށް ސާޖަރީ ހަދައިގެން އޭނަގެ ސިފަ ބަދަލުކޮށްފައިވަނީ، "ޢެންޖެލީނާ ޖޯލީ" އާއި ވައްތަރުވާންވެގެންނެވެ.

މިގޮތަށް އިންސްޓަގްރާމްގައި ހިއްސާކުރާ ފޮޓޯތައް، ފިލްޓާއިންވެސް ވަރަށް ބޮޑަށް އޭނާ އެޑިޓްކޯށްފައިވާކަން ފާހަގަކުރެވޭއިރު، މި ފޮޓޯތަކުގައި އޭނަގެ ކޯތާފަތާއި، އަދި ތުންފަތް އެެންޖެލީނާއާ ވައްތަރުވާގޮތަށް ބަދަލުކޮށްފައިވެއެވެ.

މި އަންހެންމީހާގެ އިންސްޓަގްރަމް އެކައުންޓް މިހާރު ޑިލިޓްކޯށްލާފައިވާއިރު، ކޮސްމެޓިކް ސާޖަރީ ހެދުމަކީ ގައުމުތަކުގައި ވަރަށް އާއްމުކަމެކެވެ.

މީސްމީޑިއާގެ ޕްލެޓްފޯމުތަކެ ތެރެއިން އިންސްޓަގްރަމްއަކީ، އީރާންގައި މިވަގުތު ބޭނުންކުރުން ހުއްދަ މީސްމީޑިއާއެވެ. ފޭސްބުކް، ޓެލެގްރަމް އަދި ޓްވިޓާވަނީ ރަސްމީކޮށް އީރާންގައި ބޭން ކޮށްފައެވެ.

އަމިއްލަ ނަފްސަށް ގެއްލުންދީ އަނިޔާވެރިވުމަކީ އަހަރެމެންގެ އިސްލާމްދީނުގައި ހުއްދަކަމަކަށްނުވާއިރު، މުސްލިމުން މިފަދަކަންކަމުން ދުރުވާންޖެހެއެވެ.

މިލިޔުން ކިޔާލުމުން
1539214
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Feshun

    Hageegai meygunas habaru liyaathi. Eyna surhery koh gen noon Angelina a vahtharu vaan ulhuny. Than kolheh rangalhah dhiraasa kollaba

    1
    1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ