ގޫގަލްގެ ބަޔެއް ހިދުމަތްތަކަށް ބުރޫއަރައިފި

ގޫގަލްގެ ބަޔެއް އެޕްލިކޭޝަން ބޭނުން ކުރުމުގައި ދަތިތަކާއި ކުރިމަތިވެއްޖެއެވެ.

މިގޮތުން، ޔޫޓިއުބް، ޖީމެއިލް، ގޫގަލް ޑްރައިވް، އެންޑްރޮއިޑް ޕްލޭ ސްޓޯރ، މެޕްސް، އަދި ގޫގަލްގެ ބަޔެއް ހޯމް ސްމާޓް ޑިވައިސްތައްވެސް ބޭނުން ކުރުމުގައިވަނީ ދަތިތަކާއި ކުރިމަތިވެފައެވެ.

ގޫގަލްގެ ހިދުމަތްތައް ބޭނުން ކުރުމުގައި ދަތިތަކާއި ދިމާވެފައިވަނީ، އިނގިރޭސިވިލާތު ގަޑިން ގާތްގަނޑަކަށް 12:00 ހާއިރުއެވެ. ގަޑިއެއްގެ އިރަށް ގޫގަލްގެ ހިދުމަތްތަކަށް ދިމާވި މިމައްސަލަތައް މިހާރުވަނީ ގިނަ ފަރާތްތަކަށް ރަނގަޅުވެފައެވެ.

ގޫގަލްގެ ބަޔެއް އެޕްލިކޭޝަންތައް ބޭނުން ކުރުމުގައި ދަތިތަކާއި ކުރިމަތިވިނަމަވެސް ގޫގަލްގެ ސާރޗް އިންޖިން އަށް މިމައްސަލަ ކުރިމަތިވެފައެއް ނުވެއެވެ.

ގިނަ ބަޔަކަށް ގޫގަލްގެ އެޕްލިކޭޝަންތައް ބޭނުން ކުރުމުގައި ދަތިތަކާއި ކުރިމަތިވިކަން މީސްމީޑިއާގައި ހާމަކޮށްފައި ވީނަމަވެސް ގޫގަލް ސާރވިސް ޑޭޝްބޯޑުން މިމައްސަލަ އުޅޭކަން ދައްކާފައެއް ނުވެއެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ