ދުނިޔޭގެ ރީތީގެ ރާނީގެ ތާޖު ހާސިލުކުރި މަނޫޝީ ޗިލާރް ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
2017 ވަނަ އަހަރު "މިސް ވޯލްޑް" ގެ ތާޖު ހާސިލްކުރި ރީތީގެ ރާނީގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ މަނޫޝީ ޗިލާރް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާއިރު، އޭނާ ހުރީ އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައުގައެވެ.
އުމުރުން 23 އަހަރުގެ ޒުވާން މަނޫޝީ މިހާރު ދަނީ ބޮލީވުޑަށް ތައަރަފްވުމަށްޓަކައި އޭނާގެ ފުރަތަމަ ފިލްމުގެ މަސައްކަތްތައްވެސް ފަށައިގެން ކުރަމުންނެވެ. އެގޮތުން އޭނާ ބޮލީވުޑަށް ތައަރަފް ވާނީ އަކްޝޭ ކުމާރު ލީޑްރޯލުން ފެނިގެންދާ ފިލްމު "ޕްރިތުވިރާޖު" އިންނެވެ.
މަނޫޝީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދާއިރު، މީގެ ކުރިން ވެސް ވަނީ ބޮލީވުޑްގެ މަޝްހޫރު ތަރިން ރާއްޖޭ އައިސް ޗުއްޓީ ހޭދަކޮށްފައެވެ. އޭގެ ތެރޭގައި ވަރުން ދަވަން، ސޮނާކްޝީ ސިންހާ އަދި ހީނާ ހާން ވެސް ހިމެނެއެވެ.



