އިއްޔެ ހެނދުނު ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނެހާ ކައްކަރު އޭނާގެ އޮފިޝަލް އިންސްޓަގްރާމު އެކައުންޓްގައި ހިއްސާ ކުރި ފޮޓޯއަކުން އެތައް ބަޔަކު ވަނީ ހައިރާންވެފައިއެވެ.
ނެހާ އިންސްޓަގްރާމުގައި ހިއްސާ ކުރީ އޭނާގެ ފިރިމީހާ ރޯހަން ޕްރީތު ސިންގް އާއިއެކު ނަގާފައި އިން ފޮޓޯއެކެވެ. އެ ފޮޓޯ ގައި ނެހާ ހުރި އޭނާގެ ބަނޑުގައި ހިފަހައްޓާލައިގެންނެވެ. ފިރިމީހާ ރޯހަން ޕްރީތު ހުރީ ފަހަތުން ނެހާ ގައިގައި ބައްދާލައިގެންނެވެ. އެ ފޮޓޯގައި ނެހާގެ ބަނޑަށް ބަލައިލުމުން ރީތިކޮށް ބޭބީ ބަންޕްއެއް އިންކަން އެނގެއެވެ.
އެފޮޓޯ ހިއްސާ ކުރަމުން ނެހާ ލިޔެފައިފައިވަނީ ރޯހަން ޕްރީތު ވަރަށް އޯގާތެރިކަމަށެވެ. ނެހާ އިންސްޓަގްރާމުގައި ހިއްސާ ކުރި އެ ފޮޓޯއަށް ކޮމެންޓް ކުރަމުން ރޯހަން ޕްރީތު ބުނީ، ދެން އިތުރަށް ނެހާ އަށް އަޅައިލާ އޯގާތެރިވާން ޖެހޭނެ ކަމަށެވެ. ހަމަ އެ ފޮޓޯ އަށް ނެހާގެ ކޮއްކޮ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ޓޮނީ ކައްކަރު ވެސް ވަނީ އޭނާ ބޭބެއަކަށް ވާން އުޅޭ ކަމަށް ބުނެ ކޮމެންޓް ކޮށްފައެވެ.
އިއްޔެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދައްކަމުން ދިޔައީ ނެހާ ބަނޑުބޮޑުވި ވާހަކައެވެ. ނެހާ އަދި ރޯހަން ޕްރީތުގެ ކައިވެންޏަށް އަދި ދެމަސް ނުވެއެވެ. ނެހާ ކައިވެނި ކުރިއިރުވެސް ބަލިވެއިންކަމަށް ބުނެ އެތައް ބަޔަކު ދިޔައީ ނެހާ އަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
ނެހާ މިއަދު ހެނދުނު އަނެއްކާ ހިއްސާ ކުރި ފޮޓޯއަކުން މިވަނީ އާއްމުން އިތުރަށް ހައިރާންވެފައެވެ. ނެހާ މިއަދު ހެނދުނު އެ ފޮޓޯ ހިއްސާ ކުރިއިރު އެއީ ނެހާގެ ކުރިއަށް އޮތް ލަވައިގެ ޓްރެއިލާއެކެވެ. އެ ލަވައިގަ ފެނިގެންދާނީ ނެހާ އަދި ރޯހަން ޕްރީތު ސިންގްއެވެ. "ހަޔާލްރަކަޔާކަރު" ގެ ނަން ދީފައިވާ އެ ލަވަ ނެރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22 ގައެވެ.
މިވީ ގޮތުން މިހާރު ބޮޑަށް ގަބޫލުކުރެވެނީ ނެހާ ބަނޑުބޮޑު ނޫން ކަމެވެ. އެ ފޮޓޯ އަކީ ނެހާ ދެން އެންމެ އަވަހަށް ފެނިގެންދާ ލަވައިގަ ހަބަރު އޭނާގެ ފޭނުންނަށް ދޭން ނެހާ ކުރިކަމެވެ. އެހެންނަމަވެސް އަދިވެސް އެކަމާއި ގުޅިގެން ނެހާ އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.




