ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސޮނަމް ކަޕޫރު ދެން އެންމެ އަވަހަށް ފެނިގެންދާނީ " ބްލައިންޑް" ކިޔާ ފިލްމަކުން ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ސޮނަމްގެ " ބްލައިންޑް" އަކީ މީގެ 9 އަހަރު ކުރިން ރިލީޒް ކުރެވުނު ކޮރެއާ ފިލްމެއް ކަމަށްވާ " ބްލައިންޑް" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ.
ޑައިރެކްޓަރު ސުޖޯއި ގޯޝް ރައިޓްސް ހޯދައިގެން، ޝޯމް މަކީޖާ ލައްވައި ޑައިރެކްޓްކުރުވާ "ބްލައިންޑް" ގެ ޝޫޓިން މި ވަގުތު ކުރިއަށް ދަނީ ސޯނަމްގެ ފިރިމީހާ އާނަންދު އަހޫޖާއާ އެކު މިހާރު އާންމުކޮށް ދިރިއުޅޭ އިނގިރޭސިލާތުގެ ދަށުގައި އޮންނަ ސްކޮޓްލެންޑްގައެވެ.
ފިލްމުގެ މުހިންމު ރޯލުތަކުން ޕޫރަބް ކޯލީ އާއި ލިލީތާ ޑޫބޭގެ އިތުރުން ވިނޭ ޕަތަކް ވެސް ފެނިގެންދާނެއެވެ. "ބްލައިންޑް" ގެ ޝޫޓިންތައް ފަށާފައިވަނީ ހޯމަ ދުވަހެވެ.
ސޮނަމް އެންމެ ފަހުން ކުޅުނު ފިލްމަކީ މިދިޔަ އަހަރު ގެނެސްދިން "ދަ ޒޯޔާ ފެކްޓާ" އެވެ.




