ޕަތާންގެ ފުރަތަމަ ޝެޑިއުލްގެ ޝޫޓިން ނިންމާލައިފި

މިދިޔަ މަހު ޝޫޓިން ފެށި ފިލްމު "ޕަތާން"ގެ ފުރަތަމަ ޝެޑިއުލްގެ ޝޫޓިން ނިންމާލައިފިއެވެ.

ޝާހްރުކް ޚާން އާއި ދީޕިކާ ޕަދުކޯން މި ފިލްމުގެ ފުރަތަމަ ޝެޑިއުލްގެ ޝޫޓިން ކުރިއަށް ގެންދިޔައީ މުމްބާއީގަ އެވެ. ދެތަރިންގެ އިތުރުން މިފަހަރު ޝެޑިއުލްގެ ޝޫޓިންގައި ޑިމްޕަލް ކަޕާޑިއާ ވެސް ބައިވެރިވި އެވެ.

މި ފިލްމުން ފެނިގެންދާނީ ރިވެންޖް ސްޓޯރީއެކެވެ. ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކުރާ މި ފިލްމުވެގެންދާނީ ޝާހްރުކާ އެކު ޖޯންމަސައްކަތްކުރާ ފުރަތަމަ ފިލްމަށެވެ.

އަންނަ މަހު ޕަތާންގެ ދެވަނަ ޝެޑިއުލްގެ ޝޫޓިން ޔޫއޭއީގައި ފަށާއިރު މިފަހަރު ކާސްޓާ ޖޯން އަބްރަހަމް ގުޅޭނެ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ