އަނަންޔާ އަދި އިޝާން ވެސް ރާއްޖޭގައި

ބޮލީވުޑްގެ ޒުވާން ޖޯޑެއް ކަމަށްވާ އަނަންޔާ ޕާންޑޭ އަދި އިޝާން ހައްތަރު ދިވެހި ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަ ގެންދެއެވެ.

އަނަންޔާ އަދި އިޝާން ޗުއްޓީ ހޭދަކުރަމުން ދަނީ "ސަން ޝިޔާމު އިރު ވެލި" ރިސޯޓްގައެވެ. އެދެތަރިން ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ މަންޒަރުތައް އިންސްޓަގްރާމާއި ފޭސްބުކްގައި ހިއްސާވެސް ކޮށްފައެވެ.

އަނަންޔާ އަދި އިޝާން އެކީގައި ފުރަތަމަ ފަހަރަށް ފެނިގެން ގޮސްފައިވަނީ މީގެ ދެތިން މަސްކުރިން އޮންލައިންކޮށް ރިލީޒް ކުރި "ހާލީ ޕީލީ" އިންނެވެ. އެ ފިލްމަށް ވަނީ އާއްމުންގެ ފަރާތުން ވަރަށް ބޮޑަށް ފާޑުކިޔުންތަކާއި އަމާޒުވެފައެވެ.

އިޝާން އަދި އަނަންޔާގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ޖޯޑު ސިދާތު އަދި ކިއާރާ ވެސް ދަނީ ރާއްޖޭގައި އާ އަހަރު ފާހަގަކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ