މުމްބާއީ އަށް ދިން ޓެރަރިސްޓް ހަމަލާގެ ފަހަތުގައިވާ މީހާ ހައްޔަރުކޮށްފި

2008 ވަނަ އަހަރުގެ ނޮވެމްބަރުމަހު އިންޑިއާގެ މުމްބާއީ އަށް ދިން ޓެރަރިސްޓް ހަމަލާގެ ފަހަތުގައިވާ މީހާ ޕާކިސްތާނުން ހައްޔަރު ކޮށްފިއެވެ.

ޕާކިސްތާނުން ލަޝަކަރީ ތޮއިބާގެ ލީޑަރު ޒަކީއު ރަހްމާން ލަޙްވީ އެގައުމުން ހައްޔަރުކޮށްފައިވަނީ ޓެރަރިސްޓު ހަމަލާތައް ދިނުމަށް ފަންޑުކުރާ ކަމުގެ ތުހުމަތުގައެވެ.

ޕާކިސްތާނުގެ ޕަންޖާބު ޕްރޮވިންސުގެ ކައުންޓަރ ޓެރަރިޒަމް ޑިޕާޓްމެންޓުގެ ތަރުޖަމާނަކާ ހަވާލާދީ އަލްޖަޒީރާއިން ބުނެފަިއވަނީ ޓެރަރިސްޓު ހަމަލާތައް ދިނުމަށް ފަންޑުކުރާ ކަމުގެ ތުހުމަތުގައި ލަޙްވީ ހައްޔަރުކޮށްފައިވާ ކަމަށެވެ.

މައުލޫމާތު ލިބޭގޮތުގައި ޓެރަރިސްޓް ހަމަލާތައް ދިނުމަށް ބޭނުންވާ ފައިސާ ހަނގުރާމަވެރިންނަށް ފޯރުކޮށްދިނުމަށް ލަޙްވީވަނީ ބޭސްފިހާރައެއްވެސް ހުޅުވާފައެވެ. މި ބޭސްފިހާރައިން ލިބޭ ފައިސާ ޓެރަރިސްޓް ހަމަލާތައް ދިނުމަށް ބޭނުން ކުރާކަމަށް ޕާކިސްތާނު ސަރުކާރުން ތުހުމަތު ކުރެއެވެ.

އިންޑިއާއިން ލަޙްވީ އެގައުމަށް ފޮނުވުމަށް ޕާކިސްތާނުގެ ކިބައިން އެދޭތާ މިހާރުވަނީ ގިނަ އަހަރުތަކެއް ފާއިތުވެގެން ގޮސްފައެވެ. މިހުރިހާ ފަހަރަކުވެސް ޕާކިސްތާނުންވަނީ ލަޙްވީ އިންޑިއާއަށް ހަވާލު ކުރުމަށް ދެކޮޅު ހަދާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ