ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ އުންމީދީ ފިލްމު "ހީރާ މަންޑީ" އިން ބޮލީވުޑްގައި މިވަގުތު ތިބި އެންމެ ކާމިޔާބު އަދި ކުޅަދާނަ މޫނުތަކެއް ފެނިގެންދާނެ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.
އަޑުތައް ފެތުރިފައިވާ ގޮތުން، ބަންސާލީގެ " ހީރާ މަންޑީ" އިން މަޝްހޫރު ގިނަ ބަތަލާއިންތަކެއް ފެނިގެންދާނެއެވެ. އޭގެތެރޭގައި އާލިއާ ބަޓް، އައިޝްވާރިޔާ ރާއީ، ޕަރީނިތީ ޗޮޕްރާ، މާދުރީ ޑިކްސިޓް، ދިޕިކާ ޕަޑްކޯނު، ވިދިޔާ ބަލަންގެ އިތުރުން މަނީޝާ ކޮއިރަލާ ހިމެނެއެވެ.
ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި "ހީރާ މަންޑީ" ގެ ކާސްޓުން ބަންސާލީ ހަމަޖައްސަމުން އަންނަ އިރު، މި ފިލްމު ވަރަށް އަވަހަށް ރަސްމީކޮށް އިއުލާންކުރާނެ އެވެ. މި ފިލްމަކީ މީގެ 13 އަހަރު ކުރިން ފެށިގެން އޭނާ ހަދަން ވިސްނަމުން އަންނަ ފިލްމެކެވެ.
ހީރާ މަންޑީ" ބަންސާލީގެ ބެލުމުގެ ދަށުން ޑައިރެކްޓްކުރާނީ އޭނާއާ އެކު ކުރިން އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި ވިޕޫ ޕޫރީއެވެ.




