ކާމިޔާބު ފްރެންޗައިޒް "ދޫމް" ގެ ހަތަރު ވަނަ ފިލްމުގެ ރޯލަކުން ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދިޕިކާ ޕަޑްކޯނު ވާން އުޅޫ ކަމުގެ އަޑު ފެތުރިއްޖެއެވެ.
ޔަޝްރާޖް ފިލްމްސްގެ ދޫމް 4 އިން ދިޕިކާ ފެނިގެންދާނީ އަންހެން ވިލަންއެއްގެ ގޮތުގައެވެ. "ދޫމް" ގެ ކޮންމެ ފިލްމަކާ އެކު ބަތަލާއިން ބަދަލުވިޔަސް، ފިލްމުގެ އާންމު ދެ ކެރެކްޓާ ކުޅެނީ އަބީޝެކް ބައްޗަނާއި އުދޭ ޗޯޕްރާއެވެ.
މީގެ ކުރިން ވަނީ ދޫމް 4 ގެ މުހިންމު ރޯލުތަކުން އަކްޝޭ ކުމާރު އަދި ޝާހްރުހްހާން ފެނިގެންދާނެ ކަމަށްވެސް އަޑު ފެތުރިފައެވެ.
ދޫމް 4" ގެ ވާހަކަ ދޭތެރެ ދޭތެރެ އިން މީޑިއާތަކަށް ތިލަވަނީ ފިލްމުގެ ވިލަންގެ ރޯލު ކުޅޭނެ އެކްޓަރަކާ ގުޅުވައިގެންނެވެ. ހަގީގަތުގައި "ދޫމް" ފްރެންޗައިޒްގެ "އަސްލު ބަތަލަކީ" ފިލްމުގެ ވިލަން އެވެ.



