އަކްޝޭގެ 'ބައްޗަން ޕާންޑޭ'، ގެ ޝޫޓިންތައް ފަށައިފި

ބޮލީވުޑްގެ މަޝްހޫރު ބަތަލް އަކްޝޭ ކުމާރު ލީޑް ރޯލުން ފެނިގެންދާ ފިލްމު ' ބައްޗަން ޕާންޑޭ' ގެ ޝޫޓިންތައް ފަށައިފިއެވެ.

ޑައިރެކްޓަރު ފަރުހާދު ސަމްޖީގެ 'ބައްޗަން ޕާންޑޭ' ގެ ޝޫޓިންތައް ފަށާފައިވަނީ މިދިޔަ ބުދަދުވަހެވެ. އަކްޝޭ ވަރަށް ތަފާތު ގޮތަކަށް ފެންނާނެ "ބައްޗަން ޕާންޑޭ" އަކީ ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކުރާ ފިލްމެކެވެ.

އަކްޝޭގެ އިތުރުން ފިލްމުގެ މުހިންމު ރޯލުތަކުން މަޝްހޫރު ދެބަތަލާއިން ކަމަށްވާ ކްރިތީ ސެނަނު އަދި ޖެކްލިކް ފެނާންޑެޒް ވެސް ފެނިގެންދާނެއެވެ.

ލޮކްޑައުން އަށް ފަހު ކުރިން ވެސް ނިންމި ގޮތަށް މި މަހުގެ 6 ވަނަ ދުވަހު ފިލްމުގެ ޝޫޓިން ފެށި އިރު، މީގެ ކާސްޓްގައި އަރުޝަދު ވަރްސީ އާއި ޕްރަތީކް ބައްބަރް ވެސް ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ