ކަންނާޑާ ފިލްމު "ކޭޖީއެފް: ޗެޕްޓާ 2" ގެ ޓީޒާއެއް ދައްކާލައިފިއެވެ.
ބޮލީވުޑްގެ ތަރިން ކަމަށްވާ ސަންޖޭ ދަތާއި ރަވީނާ ޓަންޑަން ލީޑް ރޯލުން ފެނިގެންދާ "ކޭޖީއެފް 2" ރިލީޒް ކުރާ ވަކި ތާރީހެއް އަދި ފިލްމުގެ ޕްރޮޑަކްޝަން ޓީމުން އިއުލާނެއް ނުކުރެއެވެ.
މި ފިލްމުގައި ރަވީނާ ކުޅެފައި ވަނީ ބޮޑުވަޒީރެއްގެ ރޯލެވެ. އަދި ސަންޖޭ ފެންނާނީ ވަރަށް ތަފާތު ގޮތަކަށް ފިލްމުގެ ވިލަންގެ ރޯލުންނެވެ. "ކޭޖީއެފް: ޗެޕްޓާ 2" އަކީ 2018 ގައި ގެނެސްދިން "ކޭޖީއެފް: ޗެފްޓާ 1" ގެ ދެވަނަ ބައެވެ.
ޕްރަޝާންތު ނީލް ޑައިރެކްޓްކޮށްފައިވާ "ކޭޖީއެފް: ޗެޕްޓާ 2" އަކީ 100 ކްރޯޑް ރުޕީސް (13.63 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ.



