އިންޑިއާ ސިފައިންގެ ބެލުމުގެ ދަށުގައި އިން ޕީޕަލް ލިބަރޭޝަން އާރމީ (ޕީއެލްއޭ)ގެ ސިފައިންގެ މީހާ ޗައިނާއާއި ހަވާލުކޮށްފައިވާނެ ކަމަށް އިންޑިއާއިން ބުނެފިއެވެ.
ޕީއެލްއޭގެ ސިފައިންގެ މީހާ އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ދެގައުމު ގުޅޭ ހިމާލިޔާ ބޯޑަރު ސަރަހައްދުން އޮޅިގެން އިންޑިއާ ސަރަހައްދަށް އައުމުން މިމަހުގެ އަށްވަނަ ދުވަހުއެވެ.\
އިންޑިއާ ސިފައިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 2021 ޖެނުއަރީ 8 ވަނަ ދުވަހު އިންޑިއާގެ ބެލުމުގެ ދަށަށް ގެނަ ޕީއެލްއޭގެ ސިފައިންގެ މީހާ މިއަދު ހެނދުނު 10:00 ގައި ޗުޝުލް މޮލްޑޯ ސަރަހައްދުން ޗައިނާ އާއި ހަވާލުކޮށްފައިވާ ކަމަށެވެ.
ޗައިނާގެ މި ސިފައިންގެ މީހާ އިންޑިއާއިން ދޫކޮށްލައިފައިވަނީ މިދިޔަ ހޮނިހިރު ދުވަހު މިކަމަށް ޗައިނާއިން ގޮވާލައިފައި ވަނިކޮށްކަން ފާހަގަ ކޮށްލެވެއެވެ.
އިންޑިއާ އާއި ޗައިނާގެ ބޯޑަރު މައްސަލައިގައި ދެގައުމުގެ ދެމެދުގައި ދޭތެރެ ދޭތެރެއިން މައްސަލަތައް ދިމާވެ މިމައްސަލަތަކުގައި ދެގައުމުގެ ސިފައިން މަރުވެފައިވެސް ވެއެވެ.



