އަމީއްޔާ ސްކޫލްގެ ޓީޗަރެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެޓީޗަރާއި ކޮންޓެކްޓްވި އިތުރު ޓީޗަރުންތަކެއް ކަރަންޓީނަށް ލައިފިއެވެ.
ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވިދާޅުވީ އަމީނިއްޔާ ސްކޫލްގެ ގްރޭޑް 3ގެ ޓީޗަރެއް މިއަދު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިކަމަށާއި، އަދި ކްލޯސް ކޮންޓެކްޓުން ގޮތަށް އެ ޓީޗަރާއި ދިމާވެފައިވާ އިތުރު ޓީޗަރުން ވަނީ ކަރަންޓީން ކުރެވިފައި ކަމަށެވެ.
ކަރަންޓީން ކުރެވުނު އިތުރު ޓީޗަރުންނާއި ދިމާވެފައި ވަނީ ސްކޫލުން ބޭރުގައިކަމަށާއި، ސްކޫލްގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިފައި ވާތީ އެއްވެސް ދަރިވަރެއް ކޮންޓެކްޓްއެއްގެ ގޮތުގައި ނުބެލެވޭ ކަމުގައި އެޗްއީއޯސީ އިން ވަނީ ވިދާޅުވެފައެވެ.
މި ކޭސްއާއި ގުޅިގެން ކަރަންޓީން ކޮށްފައި ވަނީ ކިތައް ޓީޗަރުންކަމެއް އެފަރާތުން ހާމަކުރައްވާފައެއް ނުވެއެވެ. އެ ޓީޗަރު ކޮވިޑަށް ޕޮޒިޓިވް ވިކަމުގެ ޚަބަރުތައް ސޯޝަލް މީޑިއާގައިވެސް ވަނީ ފެތުރިފައެވެ.
2020 ވަނަ އަހަރުގެ ފުރަތަމަ ޓާމްގެ ބަންދަށް ބިދޭސީ ޓިޗަރުން ޤައުމަށް ދިއުމަށްފަހު އެނބުރި އައިސް ކަރަންޓީން ވާންޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި އެ ޓީޗަރުން ކަރަންޓީނުން ވީއްލާނީ ކޮވިޑް ޓެސްޓް ހެދުމަށްފަހު ނެގެޓިވް ނަތީޖާ ލިބުމުންނެވެ.



