ޕަޕަރާޒީންނަށް ހަދިޔާ ފޮނުވާ، 'ޕްރައިވެސީ' ދިނުމަށް ވިރާޓްގެ ދެމެފިރިން އެދެފި

ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަނުޝްކާ ޝަރްމާ އަދި އިންޑިއާގެ މަޝްހޫރު ކްރިކެޓާ ވިރާޓް ކޮލީ އަށް އަންހެން ދަރިއަކު ލިބުމާއިއެކު އިންޑިއާގެ މީޑިއާތަކުގެ ޕަޕަރާޒީން މުޅި ހެނދުނެއް ރޭގަނޑެއް ފަތިހެއް މެންދެމެއް ނުބަލައި މަސައްކަތް ކުރަމުން ދިޔައީ އަނުޝްކާ އަދި ވިރާޓްގެ ދަރިފުޅުގެ މައުލޫމާތު ހޯދުމަށެވެ.

ޕަޕަރާޒީން ފަހަތުން ނުނައްޓައިގެން އެންމެ ފަހުން ވިރާޓް އަދި އަނުޝްކާ މިވަނީ އިންޑިއާގެ ގިނަ ޕަޕަރާޒީންނަށް ހަދިޔާ ބާސްކެޓެއް ފޮނުވައި، އެ ކުޑަކުޑަ އާއިލާއަށް "ޕްރައިވަސީ" ދިނުމަށް އެދިފައެވެ.

ޕިންކް ވިލާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ޕަޕަރާޒީންނަށް ވިރާޓްގެ ދެމެފިރިންގެ ފަރާތުން ފޮނުވި ހަދިޔާ ބާސްކެޓްތަކުގައި އެކި ވައްތަރުގެ މޭވާއާއި ޗޮކްލެޓްއާއި އަދި ސެންޓެޑް ކެންޑަލްސް ހުއްޓެވެ. އަދި އޭގެން ކޮންމެ ހަދިޔާ ބާސްކެޓެއްގައި އަނުޝްކާ އަދި ވިރާޓް އަށާއި އެދެމީހުންގެ ދަރިފުޅަށް "ޕްރައިވަސީ" ދިނުމަށްވެސް އެދިފައިވެއެވެ.

އަނުޝްކާ ވިހާފައިވަނީ މިމަހުގެ 11 ވަނަ ދުވަހެވެ. އަނުޝްކާގެ ދަރިފުޅު ވިހެއުމާއިއެކު ބޮލީވުޑްގެ ތަރިންގެ އިތުރުން، އާއްމުންގެ ގިނަ ބަޔަކު ވެސް ވަނީ އެދެމެފިރިންނަށް މަރުހަބާ ކިޔައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ