ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، ނިކަރާގުއާގެ ފޮރިން މިނިސްޓަރ ޑެނިސް ރޮނާލްޑޯ މޮންކާޑާ ކަލިންޑްރެސް އާއެކު ފޯނުން ގުޅުއްވައި މަޝްވަރާކުރައްވައިފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ ފަރާތުން ވިދާޅުވީ، އެ ފޯން ކޯލްގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ، ތިމާވެށީގެ ދާއިރާފަދަ ދާއިރާތަކުގައި ބައިނަލްއަޤްވާމީ މަސްރަހުގައި ދެޤައުމު ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ.
އެ ފޯން ކޯލްގައި ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުންނާއި، އިޤްތިޞާދު އަލުން އަނބުރާ ކޮޅަށް ޖެހުމަށް ކުރެވޭ މަސައްކަތާ ބެހޭ މައުލޫމާތު، ނިކަރާގުއާގެ ފޮރިން މިނިސްޓަރަށް، މިނިސްޓަރ ޝާހިދު އެރުވިއެވެ.
އަދި މީގެ އިތުރުން އދގެ ނިޒާމުގެ ތެރޭގައި ގުޅިގެން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެ ޚާރިޖީ ވަޒީރުންވެސް ވަނީ އަރުވާފައެވެ.
ރާއްޖެއިން ނިކަރާގުއާ އާއެކު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކޮށްފައިވަނީ 11 މެއި 2010 ގައެވެ.



