ބޮލީވުޑްގެ އެކްޓްރެސް ތާބޫ ގެ އިންސްޓަގްރަމް އެކައުންޓް ހެކް ކޯށްފައިވާ ކަމަށް ބުނެ ފޭނުންނަށް އެކަން އަންގައިފިއެވެ.
ތާބޫގެ އިންސްޓަގްރަމް އެކައުންޓް ހެކްކޮށްފައިވީނަމަވެސް، އޭނާ ވަނީ އިންސްޓަގްރަމް ސްޓޯރީގައި އެކަން އަންގަން ޕޯސްޓެއް ކޮށްފައެވެ.
އެގޮތުން އެކަމަށް ސަމާލުވުމަށް ފޮލޯކުރާ މީހުންނަށް އަންގާ، އޭނަގެ އެކައުންޓުގެ އެއްވެސް ލިންކަކަށް ނުވަނުމަށް ފޮލޯވަރުންގެ ކިބައިން ތާބޫ އެދިފައިވެއެވެ.

ތާބޫ ގެ އިންސްޓަގްރަމް އެކައުންޓް ހެކް ކޮށްފައިވާއިރު، އެކްޓްރެސް އީޝާ ޑިއޯލް އަދި ސުސްމިތާ ޝެންގެ އަންހެން ދަރިފުޅުގެ އިންސްޓަގްރަމް އެކައުންޓުވެސް ހެކް ކުރިކަމަށް މި ތަރިން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެކްޓަރު ފަރްހާން އަހްތަރުގެ ޓްވިޓާ އެކައުންޓުވެސް ހެކް ކުރިކަމަށް ދާދިފަހަކުން އޭނާ ވަނީ ބުނެފައެވެ.



