ދުވަހަކުވެސް ބަޓަރ ސައި ބުއިންތަ؟

ބަޓަރ އިން ހަދާފައި ހުރި ސައިތައްޓެއް ދުވަހަކުވެސް ބުއިންހެއްޔެވެ.؟ ސައި މީރު މީހުންނަށް މިއީ އެހާ އާދައިގެ ނުވަތަ ކަމުދާ ކޮމިނޭޝަންއަކަށް ނުވި ކަމުގައިވިޔަސް، މިއީ ހިމާލިޔަން ރީޖަންގެ ނޭޕާލް، ބޫޓާން ލަޑާކް، އަދި ޓިބެޓް ހިސާބުތަކުގެ މީހުންނަށް އާ ބިއުމެއް ނޫނެވެ.

އެ ސަރަހައްދުގައި ވަރަށް އާއްމުކޮށް ހަދައި އުލޭ ސައިގެ މި ބާވަތަށް އެމީހުން ކިޔާ އުޅޭ ނަމަކީ، "ޕޯ ޗާ" އެވެ. މި އެ ސަރަހައްދުގައި ވަރަށް މަޝްހޫރު ބުއިމެކެވެ.

ނަމަވެސް ބަޓަރ ބޭނުންކޮށްގެން މީހަކު މި ސައި ތައްޔާރުކުރަނިކޮށް ނަގާފައިވާ ވީޑިއޯއެއް އިންސްޓަގްރަމްގެ ޕޭޖެއްގައި ޕޯސްޓުކުރުމާއެކު މި ވާހަކަ ދާދިފަހަކުން ވަނީ ވައިރަލް ވެފައެވެ.

މި ވީޑިއޯ ނަގާފައިވަނީ، މި ސައި ތައްޔާރުކުރާ ކެފޭ އެއް ކަހަލަ ތަނެއްގައެވެ.

މި ވީޑިއޯ މިހާރު ވަރަށް ބޮޑަށް ވައިރަލް ވެފައިވާއިރު، ބަޓަރ ސަޔަކީ ކޯންޗެއްކަން ނޭނގޭ މީހުން މީސްމީޑިއާގައި މިކަމާއި ގުޅޭގޮތުން އެކި ގޮތްގޮތަށް ބަހުސްކުރަމުންދެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ