ދިޕިކާ، ފޮނި ކާތަކެތި ފިހަން ވަރަށް ޝައުގުވެރިވޭ!

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދިޕިކާ ޕަޑުކޯން، އޭނަގެ ބިޒީ ޝެޑިއުލް އިން ވަގުތުކޮޅެއް ހުސްކޮށް ފޭނުންނާއެކު ސޯޝަލްމީޑިއާގައި އިއްޔެ ވަނީ ވަގުތު ހޭދަކޮށްފައެވެ. އެގޮތުން ކެއްކުމަށްވުރެ ކާތަކެތި ފިހުން ނުވަތަ ބޭކިން އަށް ޝައުގުވެރިކަން ހުންނަ ކަން ދިޕިކާ މިވަނީ ހާމަކޮށްފައެވެ.

ފޭނުން ކުރާ ސުވާލުތަކަށް ޖަވާބު ދިނުމަށް އިންސްޓަގްރަމްގައި ސްޓޯރީގައި ދިޕިކާ ވަނީ "އާސްކް މީ އެނީތިން" ސެޝަންއެއް ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން ދިޕިކާ އަމިއްލައަށް ކައްކާ އެންމެ މީރު ކާއެއްޗަކީ ކޮބައިތޯ ފޭނަކު އެހުމުން، ދިޕިކާ ބުނީ ކެއްކުމަށްވުރެ ބޮޑަށް ޝައުގުވެރިކަން ހުންނަނީ ބޭކް ކުރަން ކަމަށެވެ. އެގޮތުން އެންމެ ހަދާހިތްވަނީ ކުކީސް ކަމަށް ދިޕިކާ ބުންޏެވެ.

ދިޕިކާ ދާދިފަހަކުން ވަނީ އާ އަހަރާއެކު އޭނަގެ އިންސްޓަގްރާމް އާއި ޓްވިޓަރެގެ ހުރިހާ ޕޯސްޓެއް ޑިލިޓްކޮށްލާފައެވެ.

ޑިޕިކާ އެންމެ ފަހުން ފެނިގެންގޮސްފައިވަނީ ފިލްމް "ޗައްޕާކް" އިންނެވެ. މި ފިލްމް ވަނީ ބޮކްސް އޮފީހުގައި ހިޓް ފިލްމަކަށް ވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ