ހަތަރު ފޯނު ވަގަށް ނަގައިގެންދިޔަ ވަގެއް ފުލުހުން ހިފަހައްޓައިފި

ހަތަރު ފޯނު ވަގަށް ނަގައިގެން ދިޔަ މީހަކު ފުލުހުން މިއަދު ހުއްޓުވައިފިއެވެ.

ފުލުހުން މިމީހާ ހިފަހައްޓައިފައިވަނީ މިއަދު 14:20 ހާއިރު ޔޫއެން ބިލްޑިން ކައިރިންނެވެ. ފުލުހުން މިމީހާ ހިފަހައްޓާ ބަލައި ފާސްކުރިއިރު ވަގަށް ނަގައިފައި ކަމަށް ބެލެވޭ ހަތަރު ފޯނު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި ހަތަރު ފޯނުގެ ތެރެއިން ތިން ފޯނަކީ މިއަދުގެ 12:00 ހާއިރު ފުލުހުންނަށް ހުށަހެޅުނު ވައްކަމުގެ މައްސަލައަކާއި ގުޅުންހުރި ފޯނު ތަކެއް ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

ވައްކަމުގެ މައްސަލަ ތަކާއި ގުޅިގެން ދާދިފަހުން އާންމު ރައްޔިތުންވެސްވަނީ ބައެއް ފަރާތްތައް ހިފަހައްޓާ ފުލުހުންނާއި ހަވާލުކޮށްފައެވެ. އަދި ފުލުހުން އަންނަނީ ވައްކަމުގެ ކަންތައްތަކުން އާންމު ރައްޔިތުން ރައްކާތެރި ކުރުމަށްޓަކައި އާނމުން ހޭލުންތެރި ކުރުމުގެ ޕުރަގުރާމްތައް ހިނގަމުންނެވެ.

ވައްކަމާއި މަސްތުވާ ތަކެތީގެ މައްސަލަތަކަކީ ކޮންމެ ދުވަހަކު ކަހަލަ ގޮތައް ފުލުހުންނަށް ރިޕޯޓް ކުރެވެމުންދާ މައްސަލަ ތަކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ