"ބްލައިންޑް" ގެ ރޯލަށް ސޯނަމް ތައްޔާރުވަނީ!

ބޮލީވުޑްގެ ތަރި ސޯނަމް ކަޕޫރުގެ ކުރިއަށް އޮތް ފިލްމް "ބްލައިންޑް"ގައި އޭނާ ކުޅޭ ރޯލަށް ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަ ކަމަށް ބޮލީވުޑްގެ ޙަބަރުތައް ބުނެފިއެވެ.

މި ފިލްމް އުފައްދަން އުލޭކަން އިއުލާންކޮށްފައިވަނީ މި މަހުގެ ކުރީކޮޅުއެވެ. މި ފިލްމްގައި ސޯނަމް އަދާކުރަނީ ލޯފަން ފުލުހެއްގެ ރޯލެވެ.

"ބްލައިންޑް"ގެ ޝޫޓިންއަށް ސޯނަމް އާއި އަދި ފިލްމްގެ ކުރޫ މިހާރު ގޮސް ތިބީ ސްކޮޓްލޭންޑްގެ ގްލާސްގޯ ސިޓީގައެވެ. އަދި ފާއިތުވި ހަފްތާތަކުގައި ސޯނަމްވަނީ މި ފިލްމްގައި ކުޅޭ ރޯލަށް ތައްޔާރުވަމުން އަންނަކަމުގެ ފޮތޯތައް މީސްމީޑިއާގައި ހިއްސާކޮށްފައެވެ.

އެގޮތުން ފިލްމްގެ ޑައިރެކްޓަރ ޝޯމް މަޙިޖާ އާއެކު ސޯނަމް މި ފިލްމަށް ތައްޔާރުވަމަށް ކުރާ މަސައްކަތް ދައްކުވައިދޭ ފޮޓޯއެއް ސޯނަމް ވަނީ އިންސްޓަގްރަމްގައި ހިއްސާކޮށްފައެވެ.

ލޮލަށް ފެނުމުން މަހްރޫމްވެފައިވާ އަންހެން ފުލުހެއްގެ ރޯލުން ސޯނަމް ފެނިގެންދާނެއިރު، މި ފިލްމްގައި ސޯނަމް ކުރާނެ މަސައްކަތަކީ، ސީރިއަލް ކިލާރ އެއް ހޯދުމުގެ މަސައްކަތެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ