އޭޝިއާގެ އެލް ޗަޕޯގެ ނަމުން މައްޝޫރުވެފައިވާ ސޫޗީ ލޮޕް ނެދަލެންޑްސްގެ އެމްސްޓަޑަރމް އިން ހައްޔަރުކޮށްފިއެވެ.
ސޫޗީ ލޮޕް އެމްސްޓަރޑަމްގެ އެއާޕޯޓަކުން ހައްޔަރުކޮށްފައިވަނީ އޮސްޓްރޭލިއާ އިން ނެރެފައިވާ ވޮރެންޓެއްގެ ދަށުންނެވެ. ތުހުމަތު ކުރެވޭ ގޮތުގައި ސޫޗީ ލޮޕް އަކީ އޭސިއާގައި އެންމެ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހާއެވެ.
ސޫޗީ ލޮޕް އަކީ ޗައިނާ އަށް އުފަން ކެނެޑާގެ ރައްޔިތެކެވެ. އެސްޓިމޭޓް ކުރެވޭ ގޮތުން ސޫޗީ ލޮޕްގެ ގޭންގުން އޭސިއާގައި ކުރާ މަސްތުވާތަކެތީގެ ވިޔަފާރީގެ އަގު 70 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.
އޮސްޓްރޭލިއާއިން ތުހުމަތުކުރާ ގޮތުގައި އެގައުމަށް އެތެރެވާ މަސްތުވާތަކެތީގެ 70 އިންސައްތައަކީ ސޫޗީ ލޮޕް އަޑީގައި ހުރެ އެ ގައުމަށް އެތެރެކުރާ މަސްތުވާތަކެއްޗެކެވެ. އޮސްޓްރޭލިއާއިން ކުރިއަށް އޮތް ދުވަސްތަކުގައި ސޫޗީ ލޮޕް ނެދަލެންޑްސް އިން އެގައުމަށް ގެންދާނެއެވެ.
އުމުރުން 56 އަހަރުގެ ސޫޗީ ލޮޕް ހިނގާ މަސްތުވާތަކެތީގެ ނެޓުވޯކުގެ ފުޅާ ކަމުން އޭނާ އާއި މެކްސިކޯގެ އެލް ޗަޕޯ އާއި އަޅާ ކިއެވެ. އަދި ސޫޗީ ލޮޕް މައްޝޫރުވެފައިވަނީވެސް އޭސިއާގެ އެލް ޗަޕޯގެ ނަމުންނެވެ.



