ލެޖެންޑަރީ ޕިކްޗާސް އިން ޕްރޮޑިއުސްކުރާ ފިލްމް "ގޮޑްޒިއްލާ ވާސަސް. ކޮންގް"ގެ އޮފިޝިއަލް ޓްރެއިލާ ދައްކާލައިފިއެވެ.
އެޑަމް ވިންގާޑް ޑައިރެކްޓްކުރާ މި ފިލްމަކީ "ގޮޑްޒިއްލާ" އާއި "ކޮންގް" ގެ ކުރިމަތިލުން ފެނިގެންދާނެ ފިލްމެކެވެެ.
މިއީ މި ސިލްސިލާގެ ދަށުން ނެރޭ ހަތަރު ވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ 2004 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ގޮޑްޒިއްލާ" އެވެ. އެއަށްފަހު 2017 ވަނަ އަހަރު "ކޮންގް: ސްކަލް އައިލެންޑް" ރިލީޒްކުރިއިރު 2019 ގައި ވަނީ "ގޮޑްޒިއްލާ: ކިންގް އޮފް ދަ މޮންސްޓާސް" ރިލީޒްކޮށްފައެވެ.
ޓްރެއިލާއިން ޝައުގުވެރި މަންޒަރުތަކެއް ފެނިގެންދާއިރު، މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މާޗް 26 ގައެވެ.
މި ފިލްމްގެ ކާސްޓުންގެ ތެރޭގައި މިލީ ބޮބީ ބްރައުން، ކައިލް ޗާންދްލާ، ރިބެކާ ހޯލް، އެލެކްސެންޑްރާ ސްކާރސްގާޑް، އަދި ބްރަޔަން ޓައިރީ ހެންރީ ހިމެނެއެވެ.




