ދިވެހި ޒުވާން ޖީލް މަސްތުވާތެކީގެ ވަބާގައި ޖެހި މުޅިން ހަލާކުވެގެންދާ މަންޒަރު ލޯ ކުރިމަތިން ކޮންމެ ދުވަހަކު ފެންނަ އިރު އެކަމަށް ހައްލެއް ނެތީބާއޭ އެތައް ފަހަރަކު ހިތަށް އަރައެވެ. ޒުވާން އުމުރު މަސްތުވެ މުޅިން އަމިއްލަ ދުނިޔެއެއްގައި ހޭދަކޮށްލާއިރު، މިކަމުގެ ޒިންމާ ނަގާނެ ވެރިއެއް ނުވަތަ އިދާރާއެއްވެސް ނެތީ ކަންނޭނގެއެވެ.

މިއަދު "ހޭންޑްސް ޓުގެދަރ" ޖަމްއިއްޔާއިން މީޑިއާތަކާއި ހިއްސާކޮށްފައިވާ މެޓްރޯ ބިލްޑިންގް ގައި ތިބި މަސްތުވާތަކެތި ބޭނުންކުރާ ބައެއް މީހުން ދިރިއުޅެމުންދާ ތަނުގެ ހާލަތު ފެނިފައި ކަމުގެ ހައްސާސްކަން ވިސްނުނެވެ. މިހާރު މިއޮތީ އަޅައިނުލާ ދޫކޮށްނުލެވޭ ހިސާބަށް ކަންކަން ގޮހެވެ.

"ހޭންޑްސް ޓުގެދަރ" ޖަމްއިއްޔާއިން ހިއްސާކުރި ފޮޓޯތަކުން ފެނިގެންދަނީ އިންސާނުން އުޅެން ހެޔޮވެސް ނުވާ ފަދަ ތަނެއްގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުންތަކެއް އުޅެމުންދިޔަ މަންޒަރުތަކެވެ. އެފަދަ ސާފުތާހިރުކަން ކުޑަ ތަނެއްގައި ގިނަ ޒުވާނުން ދިރިއުޅުމަކީ މިފަދަ ނުރައްކާތެރި ބައްޔެއް ފެތުރެމުންދާ ދުވަސްވަރެއްގައި އެއްވެސް ވަރަކަށް ރައްކާތެރި ކަމެއް ނޫނެވެ.

އެ ޒުވާނުން ދިރިއުޅެމުންދިޔަ ތަން ބޮޑަށް ވައްތަރީ ގެއަކަށް ނުވަތަ ކޮޓަރި ގަނޑަކަށްވުރެ ބޮޑަށް ކުނިގޮނޑަކާއިއެވެ. އެފަދަ ތަނެއްގައި އެ ޒުވާނުން ދިރިއުޅެން ޖެހުނު ސަބަބެއްވެސް ބަލަން ޖެހޭނެއެވެ. މިކަމުގައި ބަޔަކު އިހުމާލުވެފައިވާނަމަ އެބަޔަކު ގާނޫނުގެ ކުރިމައްޗަށްވެސް ގެންނަން ޖެހޭނެއެވެ. އެނގޭހާވެސް ކަމަކީ ވީހާވެސް އަވަހަކަށް މިކަމަށް ހައްލެއް ބޭނުންވާ ކަމެވެ.





ހިޔާލު
Ikhulaastheri kamaai eku mi bodu ijuthimaee massalaiga kamaabehey hurihaa idhaarathakun eh amaazakah eh vissnumegga varah gina masaikkaithakeh koggen insha Ahllah kaamiyaabu vaane.ehenamaves halleh hodhumah kuranjehey masaikkathakee varah bodu,gina kanthatthakekeve.veema natheeja fennan vaguthu thakeh nagaane eve.