ކްލޯއީ ކާޑޭޝިއަން ދެވަނަ ދަރިއަކު ހޯދަނީ!

މަޝްހޫރު ރިއަލިޓީ ޝޯ "ކީޕިން އަޕް ވިތް ދަ ކާޑޭޝިއަން"ގެ ތަރި ކްލޯއީ ކާޑޭޝިއަން، އިތުރު ކުއްޖަކު ހޯދަން ބޭނުންވާ ކަން އޭނާ ހާމަކޮށްފިއެވެ.

ކްލޯއީ ބުނީ، މިއީ ދެވަނަ ދަރިއަކު ހޯދަންވީ ވަގުތު ކަމަށް އެނާ ދެކޭ ކަމަށެވެ.

ކްލޯއީ މިހެން ބުނެފައިވަނީ، "ކީޕިން އަޕް ވިތް ދަ ކާޑޭޝިއަން"ގެ އެންމެ ފަހު ސީޒަންގެ ކުޑަ ޓްރެއިލާ ކޮޅެއްގެ ތެރެއިންނެވެ. އެގޮތުން މިއީ ދެވަނަ ދަރިއަކު ހޯދަންވީ ވަގުތުކަމަށް އޭނަގެ ލޯބިވެރިޔާ ޓްރިސްޓަން ތޮމްޕްސަން އާ ދިމާލަށް ބުނާތަން ފެނިގެންދެއެވެ.

ކްލޯއީ އާއި ޓްރިސްޓަންގެ ގުޅުމަށް އަންހެން ކުއްޖަކު ވަނީ ލިބިފައެވެ. ނަމަވެސް މީގެ ކުރިން ޓްރިސްޓަން ކްލޯއީ އަށް ބޭވަފާތެރިވުމުގެ ސަބަބުން ގުޅުން ހީނަރުވެގެން އައި ދުވަސްކޮޅެއްވެސް އައެވެ.

14 އަހަރު ފަހުން "ކީޕިން އަޕް ވިތް ދަ ކާޑޭޝިއަން" ނިއްމާލާއިރު، މި ޝޯގެ އެންމެ ފަހު ސީޒަން ޕްރީމިއާ ކުރާނީ މާޗް 18 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ