އީސްޓަރން ސެންޓްރަލް ޔޫއެސްގެ ސިޓީއެއް ކަމަށްވާ އިލިނޯއީއަށް އުފަން އަލެކްސިސް ސައިކްސް ވަނީ އޭނާގެ ލޯބިވެރިޔާ ނިދާފައި އޮތްވާ، އޭނާގެ ގަޔަށް ހޫނުފެން ކުރައެއް އަޅާފައެވެ. އަދި ހޫނުފެން އަޅާތަން ވީޑިއޯ ކުރުމަށްފަހު އެ ވީޑިއޯ ވަނީ ސްނެޕްޗެޓްގައި ޕޯސްޓްކޮށްފައެވެ.
ޖެނުއަރީ މަހުގެ ދެވަނަ ދުވަހު ހިނގި މި ހާދިސާގައި ސައިކްސް ގެ މައްޗަށް ދައުވާ ކުރުމަށް ވަނީ ނިންމާފައެވެ.
ސައިކްސް ރައްޓެހިވެގެން އުޅޭ މީހާ ގަޔަށް ހޫނުފެން އެޅި އިރު އޭނާ އޮތީ ސޯފާގައި ނިދާފައި ކަމަށާއި އަދި ހޫނުފެން އެޅުމަށްފަހު އެހީވުމުގެ ބަދަލުގައި ވީޑިއޯ ކުރުމަށްފަހު ސްނެޕްޗެޓްގައި ޕޯސްޓްކުރި ކަމަށް ދައުވާ ކުރާ ފަރާތުން ބުނެފައި ވެއެވެ.
އުމުރުން 22 އަހަރުގެ ސައިކްސްއަށް ތުހުމަތު ކޮށްފައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި އޭނާގެ ލޯބިވެރިޔާގެ ކާރުގެ ތަޅުދަނޑި ފޮރުވުން ވެސް ހިމެނެއެވެ.

ކާރުގެ ތަޅުދަނޑި ހޯދުމަށްފަހު އޭނާ ރައްޓެހި ވެގެން އުޅޭ މީހާ ލޮޔޯލާ ޔުނިވާސިޓީ މެޑިކަލް ސެންޓަރަށް ދިޔުމުން އެޑްމިޓް ކުރުމަށްފަހު ލިބުނު އަނިޔާތަކުގެ ސަބަބުން ވަނީ ސާޖަރީކޮށްފައެވެ.
ސައިކްސް ހައްޔަރު ކޮށްފައިވަނީ ޖަނުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ. އަދި ކޯޓަށް ހާޒިރު ކުރުމަށް ދެން ހަމަޖެހިފައިވަނީ މާރިޗު މަހުގައެވެ.




