ދިވެހި ޕްރީމިއާ ލީގު ފެށުމަށް ކްލަބްތަކުގެ ކުޅުންތެރިންނަށް ވެކްސިން ދިނުމުގެ މަސައްކަތް މިއަދު ފަށާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީ ވިދާޅުވެއްޖެއެވެ.
ބައްސާމް ވިދާޅުވީ، ލީގު ފެށުމަށްޓަކައި، ކްލަބް ތަކުގެ ކުޅުންތެރިންނަށާއި، މެނޭޖްމެންޓް އަދި ޓެކްނިކަލް މުވައްޒަފުންނަށްވެސް މިއަދު ވެކްސިން ދޭނެ ފަށާނެ ކަމަށެވެ.
ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ކޯސްވެސް ކޮވިޑް ކޭސްތައް އަލުން އިތުރުވުމާއެކު، އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅިތައް ހަރުކަށިކުރުމުގެ ތެރެއިން، ދިވެހި ޕްރިމިއާ ލީގު ކުރިއަށް ގެންދަން ހުއްދަ ނުލިބުމުން ލީގު މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައިވާ ކަން އެފްއޭއެމުން ވަނީ ހާމަކޮށްފައެވެ. އެއާއެކު މިކަމަށް ހައްލެއް ހޯދައިދިނުމަށް އެދި ކުލަބުތަކުން ވަނީ ސަރުކާރަށާއި އެޗްޕީއޭ އަށް ދަންނަވާފައެވެ.
ދިވެހި ޕްރީމިއާ ލީގު ކުރިއަށްގެންދެވޭނެ މަގު ފަހި ކޮށްދިން ކަމަށްޓަކައި، ބައްސާމް ވަނީ، ހެލްތް މިނިސްޓަރ އަހްމަދު ނަސީމް (ކެރަފާ ނަސީމް) އަށާއި އަދި ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް އަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.
.



