ތަމްރީނަށް ނުކުމެ އުޅުނު އެއާ ފޯސް ޖެޓެއް ވެއްޓި ދެމީހުން މަރުވެއްޖެއެވެ.
މިހާދިސާ ހިނގާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އަދި މި އެއާ ފޯސް ޖެޓް ވެއްޓިފައިވަނީ އެލަބާމާގެ މޮންޓްގޮމެރީ ސިޓީގެ ސިވިލް މިލިޓަރީ އެއާޕޯޓެއްކަމުގައިވާ މޮންޓްގޮމެރީ ރީޖަނަލް އެއާޕޯޓަށެވެ.
މި ޖެޓް ވެއްޓުމުގެ ހާދިސާގައި މަރުވެފައިވަނީ، ޖަޕަނީސް އެއާ ފޯސްގެ އޮފިސަރަކާއި، ޔޫއެސް އެއާފޯސްގެ ޕައިލެޓް އިންސްޓްރަކްޓަރ އެކެވެ.
މި ހާދިސާ ހިނގީ ޖެޓް އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައެވެ. އަދި ޖެޓް ވެއްޓިފައިވަނީ، އެ އެއާޕޯޓާއި ޖެހިގެން އޮންނަ ގަސްތަކެއްގެ ތެރެއަށެވެ.
މި ހާދިސާ ހިނގިއިރު، މި ޖެޓްގެ ތެރޭގައި ހުރީ ޖަޕަނީސް އެއާ ފޯސްގެ އޮފިސަރާއި، ޔޫއެސް އެއާފޯސްގެ ޕައިލެޓް އިންސްޓްރަކްޓަރ އެކަންޏެވެ.
މި އެކްސިޑެންޓް ހިނގި ގޮތް އަންނަނީ އިންވެސްޓިގޭޓް ކުރަމުންނެވެ.




