އެމާ ވެޓްސަން އެކްޓިން އިން ރިޓަޔާވަނީ؟

"ހެރީ ޕޮޓާ"ގެ ތަރި އެމާ ވަޓްސަން އެކްޓިން އިން ރިޓަޔާވާން އުޅޭ ކަމުގެ ޙަބަރުތަކެއް ފެތުރިއްޖެއެވެ.

މި ޙަބަރު ފެތުރިފައި ވަނީ، ޑެއިލީ މެއިލް އިން ޝާއިއުކުރި އާޓިކަލްއަކާއި ގުޅިގެންނެވެ. އެގޮތުން އެމާގެ އޭޖެންޓެއް އެ ނޫހަށް ބުނެފައިވާ ގޮތުގައި، އެމާ އޭނަގެ އެކްޓިން ކެރިއާއާއި މިހާރު ވަނީ ދުރުވެފައެވެ. އަދި އަވަސްމުސްތަޤުބަލެއްގައި އެމާ އެއްވެސް ޕްރޮޖެކްޓެއްގެ މަސައްކަތް ނުނަގާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

މި ޙަބަރާއެކު އެމާގެ ފޭނުން އަންނަނީ އެކަމާ ދެރަވެ މީސްމީޑިއާގައި ޝޫއޫރު ފާޅުކުރަމުންނެވެ. އެގޮތުން އެމާގެ ފިލްމްތަކުގެ މަންޒަރުތައް ހިމެނޭހެން މެސެޖުތައް އަންނަނީ މީސްމީޑިއާގައި ހިއްސާކުރަމުންނެވެ.

ހަބަރުތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން އެމާ ވެޓްސަން ބޭނުންވަނީ އޭނަގެ ފިޔާންސޭ އާއެކު ގިނަ ވަގުތުތައް ހޭދަކުރާށެވެ.

އެމާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ، 2019 ވަނަ އަހަރު ރިލީޒްކުރި "ލިޓްލް ވޮމެން"، މި ފިލްމުންނެވެ. އަދި މި ފިލްމްގެ ޕްރެސް ޓަވާއަކަށް އެ ފިލްމްގެ ކާސްޓުންނާއެކު ބައިވެރިވުމަށް އެމާ ވަނީ ދެކޮޅު ހަދާފައެވެ. އެމާ ގޮސްފައިވަނީ އެ ފިލްމްގެ ޕްރީމިއާ އިވެންޓަށް އެކަންޏެވެ. އަދި އެއަށްފަހު އެމާގެ އެއްވެސް ފިލްމެއް ފެނިފައެއް ނުވެއެވެ.

"ލިޓްލް ވުމެން" ވަނީ ފަސް އޮސްކާއަކަށް ނޮމިނޭޓްވެ އެއް އޮސްކާ ހާސިލްކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ