"ލީވައިސް"ގެ ގްލޯބަލް ބްރޭންޑް އެމްބެސަޑަރ އަކަށް ދީޕިކާ ޕަޑުކޯން!

އެމެރިކާގެ މަޝްހޫރު ކްލޯތިން ކުންފުނި، "ލީވައިސް"ގެ ގްލޯބަލް ބްރޭންޑް އެމްބެސަޑަރ އަކަށް ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަޑުކޯން ހަމަޖައްސައިފިއެވެ.

މިއީ ލީވައިސް ބްރޭންޑުން އިންޑިއާގެ ސެލެބްރިޓީއަކު މެދުވެރިކޮށް އެ ކުންފުނީގެ އުފެއްދުންތައް ޕްރޮމޯޓުކުރާ ފުރަތަމަ ފަހަރެވެ. ދިޕީކާ އާއެކު އެކުންފުނިން ވެފައިވާ އެއްބަސްވުމުގެ ދަށުން، އަންހެނުން ކެޓެރީގެ ފެޝަން ހެދުންތައް އިޝްތިހާރު ކޮށްދޭނެއެވެ.

ލީވައިސް އިން އިންޑިއާގެ މާކެޓަށް ވަދެފައިވަނީ މީގެ 25 އަހަރު ކުރިންނެވެ. އަދި އިންޑިއާގެ ކަސްޓަމަރުންގެ މެދުގައި ލީވައިސް ބްރޭންޑްގެ އުފެއްދުންތައް ވަރަށް މަޤުބޫލެވެ.

ލީވައިސްގެ ގްލޯބަލް ބްރޭންޑް އެމްބެސަޑަރ އަކަށް ދީޕިކާ ހަމަޖައްސާފައިވާއިރު، ލީވައިސް އިން ބުނެފައިވަނީ، ސްޓައިލް އައިކަން އެއްގެ އިތުރުން ދީޕިކާ އަކީ ޒުވާނުންނަށާއި އަދި އަންހެނުންނަށް ވަރަށް ބޮޑު އިންސްޕިރޭޝަން އެއްކަމަށެވެ. އެހެންކަމުން، ދީޕިކާއާއެކު ބްރޭންޑްގެ އިތުރަށް ފުޅާކުރެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބަ އޮތްކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ