އިއްޔެއަކީ މަޝްހޫރު ފިލްމީ ތަރި އާމިނަތު ރަޝީދާ (އައިންތު)ގެ އުފަންދުވަހެވެ. އުފަންދުވަސް ފާހަަގަކުރުމުގެ ގޮތުން އައިންތުގެ ދަރި އަދި މަޝްހޫރު ފިލްމީ ތަރި އައްޒަ ވަނީ މަންމައަށް ސަޕްރައިޒެއް ދީފައެވެ.
އައްޒަގެ އިންސްޓަގްރާމް އަދި ފޭސްބުކް ސްޓޯރީގައި ފޮޓޯތަށް ހިއްސާކޮށްފައިވާއިރު އައިންތުގެ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން ދެ ކޭކާއިއެކު ނަގާފައިވާ ފޮޓޯތައް ވެސް ވަނީ ހިއްސާކޮށްފައެވެ.
މިދުވަހު އައްޒަ މަންމައަށް ހަދިޔާއެއްގެ ގޮތުން ދީފައިވަނީ 50 އިންޗީގެ 4ކޭ ޓީވީއެކެވެ. މި ޓީވީއާއިއެކު ނަގާފައިވާ ފޮޓޯތައް އައްޒަ ވަނީ ހިއްސާކޮށްފައެވެ. އައްޒަވަނީ މިފަދަ ހާއްސަ ދުވަސްތަކާއި ގުޅުވައިގެން މީގެ ކުރިންވެސް އާއިލާގެ އެކި މެންބަރުންނަށް މިފަދަ އަގުބޮޑު ހަދިޔާތައް ދީފައެވެ.
އައިންތު އަކީ ރާއްޖޭގެ މަޝްހޫރު ގިނަ ފިލްމްތަކުގައި ތަފާތު އެތައް ރޯލަކުން ފެނިގެންގޮސްފައިވާ ކުޅަދާނަ ފިލްމީ ތަރިއެކެވެ. މިހާރު ވެސް ގިނަ ފިލްމްތަކަކުން އައިންތުގެ ހުނަރުވެރިކަން ފެނިގެންދާއިރު މިފަހަކުން އައިސް ކޮވިޑް-19އިން ރައްކާތެރިވުމަށް އެޗްޕީއޭއިން އާއްމުކުރާ ގިނަ އެވެއާނެސް ސްޕޮޓްތަކުންވެސް އައިންތުގެ ހުނަރުވެރިކަން ވަނީ ފެނިގެންގޮސްފައެވެ.



