ރާއްޖޭގެ މަޝްހޫރު ޓިކްޓޮކް ފައްނާން ނިމްޝާ ޒާހިރު ޓިކްޓޮކް އާއި ދުރަށްދާކަން ހާމަކޮށްފިއެވެ.
ނިމްޝާ އާންމުކުރި ކުރު ވީޑިއޯއެއްގައި މިކަން ހާމަކޮށްފައިވާއިރު ޓިކްޓޮކްއާއި ދުރަށް ދިއުމަށް ނިމްޝާ ނިންމި ސަބަބު ހާމަކޮށްފައެއް ނުވެއެވެ.
ޓިކްޓޮކްގައި ނިމްޝާ ފޮލޯކުރާ މީހުންގެ އަދަދު 50،000 ވުރެ މަތިއިރު ނިމްޝާގެ ވީޑިއޯތަކަށް ގިނަ ބަޔެއްގެ ސަމާލުކަން އައްނަނީ ލިބެމުންނެވެ. މިހެންނަމަވެސް ބަޔެއް ވީޑިއޯތަކުގައި ނިވާކަން ކުޑަ ހެދުން ލައިގެން އުޅޭ މައްސަލައިގައި ގިނަބަޔެއްގެ ފާޑުކިޔުންވެސްވަނީ އަމާޒުވެފައެވެ.
ގައުމީ އެއާލައިން މޯލްޑިވިއަންގެ ކެބިން ކްރޫއެއްގެ ވަޒީފާ ކުރިން އަދާކުރި ނިމްޝާ މީޑިއާއަށް މީގެކުރިން ދިން އިންޓަރވިއުއެއްގައި ބުނެފައިވަނީ، މިފަހުން ޓިކްޓޮކް އާއި ދުރުވެފައިވަނީ ބަލިހާލަތު ހުރިގޮތުން ކަމަށާއި ޓިކްޓޮކާއި ދުރަށް ނުދާކަމަށެވެ.
ނިމްޝާ ޓިކްޓޮކާއި ދުރަށްދާން ނިންމި ނަމަވެސް ނިމްޝާގެ ޓިކްޓޮކް އެކައުންޓުގައިވާ އެއްވެސް ވީޑިއޯއެއް މިހާތަނަށް އަދި ނަގައިފައެއް ނުވެއެވެ.
ޓިކްޓޮކަކީ މުޅި ދުނިޔޭގައިވެސް މިހާރު އެންމެ މަގުބޫލު އެއް ވީޑިއޯ އެޕްލިކޭޝަނެވެ.



