"އެނަމާ" ކާރިސާގައި ރަންވޭ ލައިޓްތައް ނެތި، ސައްދާމް ކާޑެއްދޫއަށް ފްލައިޓް ޖެއްސުވި ގޮތް!

މިއަދަކީ މީގެ 17 އަހަރު ކުރިން ދިވެހި ތާރީހުގައި ކަނޑުމަތީގައި މިހާތަނަށް ހިނގައިދިޔަ އެންމެ ހިތާމަވެރި ކާރިސާ، "އެނަމާ" ކާރިސާ ހިނގާ ދިޔަ ދުވަހެއެވެ. 2004 ވަނަ އަހަރުގެ މާޗް މަހުގެ 17 ވީ ބުދަ ދުވަހު ގއ. ވިލިނގިލިން ފުރައިގެން ގދ. ތިނަދޫއަށް 122 މީހުންނާއެކު އެނަމާ ބޯޓު ދަތުރު ކުރަމުން ދިޔައީ އަމިއްލަ ރަށުގެ ފުޓުބޯޅަ ޓީމުން، ވިލިގިނލީގައި ކުޅުނު ފުޓުބޯޅަ މެޗު ބަލާ ނިއްމާލުމަށްފަހުއެވެ. ނަމަވެސް އުފެދުނު ރާޅެއްގައިޖެހި އެނަމާ ބޯޓު ތަޅުވާ ބަންޑުން ޖަހާލިއިރު، އެދުވަހަކީ އެތައް ބައެއްގެ ހަޔާތް ބަދަލުކޮށްލި ދުވަހެކެވެ.

އެދުވަހު އެނަމާ ކާރިސާ ހިނގާ ދިޔަ ވަގުތު، ކާޑެއްދޫ އެއާޕޯޓުގައި އެއާ ޓްރެފިކް ކޮންޓްރޯލަރ އެއްގެ ވަޒީފާ އަދާކުރަމުން ދިޔަ ތިނަދޫގެ ރައްްޔިތެއްކަމުގައިވާ ސައްދާމް އަހުމަދު ސައީދަށް އެރޭ ފޯނު ކޯލަކުން، އެމްއެންޑީއެފް ކޯސްޓު ގާޑުގެ ޑައިވަރުން މާލެއިން މޯލްޑިވިއަންގެ ޑޯނިއާ އެއާކްރާފްޓެއްގައި ކޫޑުއްދޫ އެއާޕޯޓަށް ޖެއްސުމަށް ފޮނުވާ ޙަބަރު ލިބުނެވެ. ނަަމަވެސް އޭރު، އެއް މަސްކުރިން ހިނގާ ދިޔަ ހޮނު އެޅުމުގެ ހާދިސާއެއްގައި، ރަންވޭ ގެ ލައިޓްތައް ވަނީ ހަލާކުވެފައެވެ.

އެރޭ މޯލްޑިވިއަންގެ އެ ފްލައިޓް އޮޕަރޭޓް ކުރަން ހުރީ ސިވިލް އޭވިއޭޝަންގެ ކުރީގެ ޑިރެކްޓަރ، ކެޕްޓަން އިބްރާހިމް ރަޝީދުއެވެ. އަދި ފްލައިޓް ޖައްސަން ވާއިރަށް، ރަންވޭގެ ލައިޓްތައް ދިއްލުމަށް ކެޕްޓަން އެންގިއެވެ. ސަބަބަކީ، އިރުއަރަންދެން މަޑުކޮށްގެން ރިސްކެއް ނަގަން ބޭނުން ނުވާތީއެވެ.

ނަމަވެސް އެއް ގަޑިއިރު ތެރޭގައި އެއާޕޯޓު ރަންވޭގެ ލައިޓްތައް ރަނގަޅު ކުރުމަކީ ނުވާނެ ކަމެއް ކަމަށް ބަލާ، ޓެކްނީޝިއަންވެސް އުއްމީދު ކަނޑާލިއެވެ. ނަމަވެސް، އޭގެ ކުޑައިރުކޮޅެއް ފަހުން އުއްމީދު އާވެގެން ދިޔައީ ސައްދާމު ދިން ހިޔާލަކުންނެވެ. އެގޮތުން ރަންވޭގެ ހަތަރު ކަނުގައި އެދުވަސްވަރު މަގުތަކުގައި ހަރުކުރަން ގެންގުޅުނު އާދައިގެ "ހޮޅި ބުރި" ލައިޓް ޖެހުމުގެ ހިޔާލު ސައްދާމް ދިނެވެ.

ނަމަވެސް ބޭނުންވާ ވަރަށް ކަރަންޓް ނަރު ނެތުމުން އެކަން ކުރުމަށްވެސް ބޮޑެތި ގޮންޖެހުންތަކެއް އައެވެ. އަދި  އެނަމާ ކާރިސާ ހަބަރު ލިބުމުން، އެއާޕޯޓުގެ ގިނަ ސްޓާފުން ތިނަދޫ އަށް ދިއުމުން، އެއާޕޯޓުގައި އެކަން ކުރާނެ މީހުން ނެތުމަކީވެސް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ.

ސައްދާމް އެނބުރި ޓަވާ ކޮންޓްރޯލަށް ދިއައިރު، ޑޯނިއާ ފްލައިޓުން ކާޑެއްދޫގެ އެއާޕޯޓަށް ޓިއުންކޮށް މުއާމަލާތް ކުރަމުން ދިއައެވެ. އަދި ލައިޓް ރަނގަޅު ނުކުރެވިއްޖެނަމަ ފްލައިޓް އަނބުރާާ ގަން އެއާޕޯޓާށް ޖެއްސުމަށް މަޖުބޫރުވާނެ ކަމަށް ފްލައިޓްގެ ކެޕްޓަން އެންގިއެވެ.

އެހެންކަމުން ޓެކްނީޝިއަން އަށާއި އަދި އެއާޕޯޓުގައި އެވަގުތު ހުރި އެހެން ސްޓާފުންނަށް، އެއާޕޯޓާއި މަގުތަކުގައި ހުރި ހުރިހާ ލައިޓް ތަކެއް ނިއްވުމަށް ސައްދާމް އެންގިއެވެ. މިގޮތަށް ކަންތައް ކުރުމުން އެއާޕޯޓުގެ ރަންވޭގެ ހަތަރު ކަނުގައި ޖަހާފައި ހުރި ހަތަރު "ހޮޅުބުރި" ލައިޓް ފިޔަވާ މުޅި ކާޑެއްދޫ އޮތީ ކަނު އަނދިރީގައެވެ.

އަދި ޓަވަރުގައި ހުރެ އެއާކްރާފްޓަށް ސިގްނަލް އެއް ދިނުމުގެ ގޮތުގައި ބޮޑު ލައިޓެއް ބޭނުންކޮށް ސައްދާމް ސިގްނަލް އެއް ފޮނުވިއެވެ. ފްލައިޓް ޖެއްސުމަށް ތައްޔާރުވަމުން، ބޯޓުގެ ކެޕްޓަން ޝުކުރު އަދާކޮށް އެވަގުތު ބުނީ، "ތިވަރު މާބޮޑަށްވެސް ފުދޭ" ކަމަށެވެ. އަދި އެވަގުތު ކަރުނަ އޮހޮރޭ ހާލު ސައްދާމް މާތް ﷲ އަށް ޝުކުރު ދެންނެވިއެވެ.

މިއީ ކުރިން ނުދައްކާ އޮތް ވާހަކައެއް ނަމަވެސް، މި ވާހަކަތަކުން އެނގިގެން ދަނީ، ތިނަދޫއަށް އުފަން ސައްދާމް އަހުމަދު ސައީދު އަކީ، މުޅި ގައުމު ރޮއްވާލި އެނަމާ ބޯޓު ބަންޑުން ޖަހާލި ކާރިސާގައި، ގައުމީ ވާޖިބު އަދާކުރުމުގައި ހުންނެވި "ހީރޯ"އެއްކަމެވެ. މި ހާދިސާއަށް މިއަދު 17 އަހަރު ފުރުނުއިރު، ސައްދާމް މިވަނީ މިވާހަކަ މުޅި ގައުމާއި ހިއްސާކޮށްފައެވެ.

އެނަމާ ބޯޓު ބަންޑުން ޖަހާލާފައި --

ތިނަދޫ އެނަމާ ބޯޓު ބަންޑުން ޖަހާލި ހިތާމަވެރި ހާދިސާގައި 24 މީހުން މިދުނިޔެ ދޫކުރިއިރު، އޭގެ ތެރޭގައި ސައްދާމުގެ ތިމާގެ ބޭފުޅުންވެސް ވަނީ ނިޔާވެފައެވެ.

މިލިޔުން ކިޔާލުމުން
21911751
ގުޅުންހުރި ލިޔުންތައް

5 Responses

  1. އަލީ ނަޝީދު

    ކޮބާތަ، ތިކަން ކުރި ޕައިލެޓް؟ އޭނަ އަކީ އާދަޔާއި ހިލާފު މޮޅު ޕައިލެޓެއް. އެއްވެސް ނޫހަކުން އޭނަގެ ވާހަކަ ނެތީމަ އަހާލީ. ޝުކުރިއްޔާ

  2. Valaafy

    Dhen thives habarehdhoahama

  3. މީހެއް

    super hero

    13
  4. މީހެއް

    Habarakahnuvaa habareh

    3
    29
    • Keekey bunaanee

      Meehakah nuvaa meeheh

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ