މަޝްހޫރު އެކްޓްރެސް ހީނާ ހާން އަނެއްކާވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
ހީނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ އޭނަގެ ލޯބިވެރިޔާ ރޮކީ ޖައިސްވާލް އެކު ކުރަމަތި މޯލްޑިވްސް ރިސޯޓުގައެވެ. ހީނާ މީގެ ކުރިންވެސް ވަނީ މިދިޔަ އަހަރު ދެ ފަަހަރެއްގެ މަތިން ރާއްޖެ އައިސްފައެވެ.
ޗުއްޓީ ހޭދަކުރާ ގޮތުގައި ފޮޓޯތައް ހީނާ އޭނަގެ އިންސްޓަގްރަމްގައި ހިއްސާކޮށްފައިވާއިރު، ހީނާ ބުނީ ރާއްޖެއަކީ، އޭނަގެ "ހެޕީ ޕްލޭސް" ކަމަށެވެ. ހީނާ ގެ ލޯބިވެރިޔާ ރޮކީ ވެސް ވަނީ އޭނަގެ އިންސްޓަގްރަމްގައި ޗުއްޓީ ހޭދަކުރާ ގޮތުގެ ފޮޓޯތައް ހިއްސާކޮށްފައެވެ.

ޓީވީ ސީރީޒްތަކުން މަޝްހޫރުވި އެކްޓްރެސް ހީނާ މިހާރު ވަނީ ބޮލީވުޑަށްވެސް ތައާރަފްވެފައެވެ. އެގޮތުން ހީނާގެ ފުރަތަމަ ފިލްމަކުން ފެނިގެންގޮސްފައިވަނީ މިދިޔަ އަހަރު ނިކުތް "ހެކްޑް" މި ފިލްމުންނެެވެ.




