ސުއޭޒް ކެނަލްއަށް ބީހުނު ބޯޓު ފުން ވެއްޖެ

މިސްރުގެ ސުއޭޒް ކެނަލްއަށް އަންގާރަދުވަހު ބީހުނު އާގުބޯޓު ފުންކޮށްފިއެވެ.

ރިޕޯޓްތައް ބުނާގޮތުން 400 މީޓަރުގެ ދިގު "އެވަރގިވަން" ނަމަކަށް ކިޔާ ބޯޓު ފުންކޮށްފައިވަނީ މިސްރު ގަޑިން ފަތިހު 5:30 ހާއިރުއެވެ. އެއީ ރާއްޖެ ގަޑިން މިއަދު ހެނދުނު 8:30 ހާއިރުއެވެ.

ބޯޓު ފުންކުރެވިފައިވާއިރު، މިހާރު ކުރިއަށްދަނީ ޓަގު ބޯޓުތައް ބޭނުންކޮށްގެން ބޯޓު ކެނަލްއިން ބޯޓު ނެރުމުގެ މަސައްކަތްކަމަށް ޚަބަރުތައް ބުނެއެވެ. ނަމަވެސް އަންގާރަދުވަހުން ފެށިގެން ބަންދުވެފައިވާ ކެނަލް އަލުން ހުޅުވޭނެ ވަގުތެއް އަދި ނޭނގޭކަމަށް އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

ސުއޭޒް ކެނަލަކީ ދުނިޔޭގެ ހުޅަނގު ބިތާއި އިރުމަތީ ބިތް ގުޅުވައިދޭ މައި މަގެވެ. މި ކެނަލުން ގަޑިއިރެއްގެ ތެރޭ 400 މިލިއަން ޑޮލަރުގެ ކާގޯ ދަތުރުކޮށް ހަދައެވެ. ރިޕޯޓްތައް ބުނާ ގޮތުން ސުއޭޒް ކެނަލުގައި އެވަރ ގްރީން ބޯޓު ތާށިވީ ގަދަވަޔާއި ވެލީގެ ތޫފާނެއް އައި ވަގުތު ބޯޓުގެ ހުންގާނު ކޮންޓްރޯލުން ނެއްޓުމާއި ގުޅިގެންނެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ